ފ. ނިލަންދޫގެ އެންމެ އަލިގަދަ ތަރިއަކަށް ހޮވުނު ޒަހާ އަށް ޕާކިސްތާނު ސަފީރު އިނާމް  ހަވާލުކޮށްދެއްވަނީ
ފ. ނިލަންދޫގެ އެންމެ އަލިގަދަ ތަރިއަކަށް ހޮވުނު ޒަހާ އަށް ޕާކިސްތާނު ސަފީރު އިނާމް ހަވާލުކޮށްދެއްވަނީ
މިދިޔަ ރަމަޟާން މަހު ފ. ނިލަންދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ، "ނިލަންދޫ ތަރި" ޤުރުއާން މުބާރާތުގެ އެއްވަނަ މަގާމް، އެރަށު ހުސްނުހީނާގޭ ޒަހާ އިސްމާއީލް ނަސީރު ހޯދައިފިއެެވެ.

"ނިލަންދޫ ތަރި" މުބާރާތުގެ މިރޭ ބޭއްވި ފައިނަލް ޕްރޮގުރާމްގައި ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ކޮންސެޕްޓަށް، ކޮންމެ ހަފުތާއަކު ބައިވެރިއަކު އެލިމިނޭޓްވަމުންދާ ގޮތަށް ކުރިއަށް ގެންދިޔަ މި ޕްރޮގުރާމްގެ ފަހުރުވެރި އެއްވަނަ ނިލަންދޫ ހުސްނުހީނާގޭ ޒަހާ އިސްމާއީލް ހޯދީ ފަސް ބައިވެރިންނާއި ވާދަކޮށްގެންނެެވެ. ޒަހާ އަށް އިނާމު ހަވާލުކޮށްދެއްވީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބަސެޑަރ މރ. އެޑްމިރަލް މުޚުތާރުއެވެ. މުބާރާތުގެ އެއްވަނަ މަގާމް ހޯދުމުން އުމްރާ ދަތުރެއްގެ އިތުރުން އެކި ފަރާތްތަކުން ހުށަހަޅާފައިވާ ފައިސާގެ އިނާމް ޒަހާއަށް އަށް ވަނީ ލިބިފައެވެ. މުބާރާތުގެ ދެވަނަ މަރިޔަމް ނައުހާ ހޯދިއިރު ތިންވަނަ ހޯދީ މަމްދޫޙާ ޢަބްދުލް ޢަޒީޒުއެެވެ.

މި މުބާރާތުގެ ގަދަ ފަސް ބައިވެރިންގެ ގޮތުގައި ހޮވިފައިވަނީ މަމްދޫޙާ ޢަބްދުލް ޢަޒީޒުއާއި، ޒަހާ އިސްމާޢީލް ނަޞީރުއާއި، ޒުހާ ޢަބްދުލް މުއުމިނުއާއި، މަރިޔަމް ނައުހާ ނަސީމުގެ އިތުރުން ރައްޔާ ޙާމިދުއެވެ.

ފ.ނިލަންދޫއަކީ ޤުރުއާންގެ ރޮނގުން މަޝްހޫރު އެތައް ޤާރީންނެއް ނިސްބަތްވާ ރަށެކެވެ. މި މުބާރާތުގެ ފަނޑިޔާރުންގެ ތެރޭގައި، ޓީވީއެމުން ކުރިއަށް ގެންދިޔަ އެންމެ އަލިގަދަ ތަރި ޕްރޮގްރާމް ކާމިޔާބުކޮށްފައިވާ ނިލަންދޫގެ އަލްޤާރީ މުހައްމަދު އިސްމާއިލް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު