އުމްރާއަށް ގޮސް އުޅުނު އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ ޒަމްޒަމް ހައްޖު އެންޑް އުމްރާ ޓްރެވަލްސްގެ ފަރާތުން އުމްރާއަށް ދިޔަ ރ. މީދޫ އުމުރުން 71 އަހަރުގެ ސައިދު ޔޫސުފެވެ.

އެ ޖަމާއަތުން ވަނީ ސައީދު ނިޔާވިކަން ހާމަކޮށްފައެވެ.

ޒަމްޒަމް ގްރޫޕުން ބުނީ ސައީދު ނިޔާވީ މައްކާގައި ހުންނަ ކިންގް ފައިސަލް ހޮސްޕިޓަލުން ފަރުވާ ދެމުންދަނިކޮށް ކަމަށެވެ. ނަމަވެސް، އޭނާ ބަލިވެގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހުނު ސަބަބު ހާމައެއް ނުކުރެއެވެ.

މިއީ ރޯދަ މަހުގެ އުމްރާއަށް މިއަހަރު ދިޔަ ދިވެހިންގެ ތެރެއިން ނިޔާވި ދެވަނަ މީހާއެވެ.

އުމްރާގެ މާތް އަޅުކަމަށް ގޮސް އުޅެނިކޮށް މިދިޔަ މަހުގެ ފަހުކޮޅު ބ. އޭދަފުށި މީހަކު ވެސް ވަނީ ނިޔާވެފައެވެ.



ކިޔުންތެރިންގެ ހިޔާލު