އިންޑިއާގެ މިސްކިތެއް.
އިންޑިއާގެ މިސްކިތެއް.
އިންޑިއާގެ މިސްކިތްތަކުގައި ލައުޑް ސްޕީކަރ ބޭނުންކުރުމުގެ ބޭނުމެއް ނެތްކަމަށް އިންޑިއާގެ އެލާހްއާބާދް ސިޓީގެ ހައިކޯޓުން ނިންމައިފިއެވެ.

އެލާހްއާބާދް ހައިކޯޓުން މިފަދަ ނިންމުމެއް ނިންމާފައިވަނީ އިންޑިއާގެ އަވަށެއްގައި ބަންގިގޮވުމަށް ލައުޑް ސްޕީކަރެއް ބޭނުންކުރުމުގެ ހުއްދައަށް އެދުމާއި ގުޅިގެންނެވެ. ބަންގިގޮވުމަށް ލައުޑް ސްޕީކަރެއް ބޭނުންކުރުމުގެ ހުއްދައަށް ހައިކޯޓުގައި އެދިފައިވަނީ އިންޑިއާގެ ދަށު ކޯޓަކުން މިކަމަށް ހުއްދަ ނުދިނުމުންނެވެ.

މިކަމާ ބެހޭގޮތުން ހައިކޯޓުގެ މައްސަލަ ބެލި ގާޒީން ބުނަނީ އިންޑިއާގެ ގާނޫނުގައި ބުނާގޮތުންނަމަ ބަންގިގޮވުމަށް ލައުޑް ސްޕީކަރެއް ބޭނުންކުރުމަކީ މުހިންމުކަމެއް ގޮތުގައި ނުބަލާކަމަށެވެ.

މިކަމާ ގުޅުންހުރި މައްސަލައެއްގައި 2020 ވަނަ އަހަރުވެސް އިންޑިއާގެ ހައިކޯޓުން ވަނީ ބަންގިގޮވުމަށް ލައުޑް ސްޕީކަރެއް ބޭނުންކުރަން ނުޖެހޭނެކަމަށް ބުނެ ލައުޑް ސްޕީކަރ ބޭނުން ކުރުން މަނާކޮށްފައެވެ. އަދި އޭގެ ފަހުން މިސްކިތްތަކުގައި ހުއްދަނެތި ބޭނުން ކުރަމުންދާ ލައުޑް ސްޕީކަރުތައް އިންޑިއާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

ލައުޑް ސްޕީކަރ ބޭނުން ކުރަން ހުއްދަދީފައިވާ އިންޑިއާގެ ބައެއް މިސްކިތްތަކުގައިވެސް ލައުޑް ސްޕީކަރ ބޭނުން ކުރަން ހުއްދަދީފައިވަނީ ލައުޑް ސްޕީކަރުގެ އަޑު ވަކި މިންވަރަކަށް ހިފެހެއްޓުމަށް ފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން