އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ ފައްޔާޒު އިސްމާއިލްގެ ކެމްޕޭންގައި ފ. އަތޮޅުގެ ރަށްތަކަށް ވަޑައިގަތުމުން އެއަތޮޅުގެ ރަށްރަށުންވެސް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިިލާއި އަންހެނުންގެ ގޮފީގެ ރައީސް ކަމަށް ވާދަކުރައްވާ ރޮޒައިނާ އާދަމް މިއަދު އެންމެ ފުރަތަމަ ވަޑަައިގަތީ ފ. އަތޮޅު ފީއައްޔަށެވެ. ފީއަލިން އެ ދެބޭފުޅުންނަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފައެެވެ.
ފީއަލީގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާއި ބަައްދަލު ކުރައްވައި ވާހަކަ ދަައްކަވަމުން ފައްޔާޒު އިސްމާއިލް ވިދާޅުވީ އެބޭފުޅުން މަސައްކަތް ކުރައްވަނީ އެޕާޓީއަކީ 2023 ގައި ރިޔާސީ ކެންޑިޑޭޓަށް ދޮންވެ ފައްކާވެފައި އޮތް ޕާރޓީއެއްގެ ގޮތުގައި ބޭއްވުމަށް ކަމަށެވެ. އަދި އެ ޕާރޓީގެ މެމްބަރުންގެ ނުތަނަވަސްކަން ފިލުވާލައި އެންމެން އެކަތި ގަނޑަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު މިއަދު ވެސް ވިދާޅުވީ ރައީސް ނަޝީދު އެޕާޓީން ބޭރުކުރާކަށް ނޫޅޭ ކަމަށާއި އެހެން ނަަމަވެސް ހިޔާލުތަފާތުވާ ކަންކަން އެބަހުރި ކަމަށެެވެ.
"އެކަމަކު ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކު ހަތުރުންނަށް ހަދާ ދެއްކުން އެއީ މި ޕާރޓީއަށް އެންމެ ބުއްދިވެރި ގޮތެއް ނޫން." ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ އެންމެ ބޮޑު އެއް އަމާޒަކީ ރަށްރަށުގައި ވެސް ޕާރޓީގެ ހަރަކާތްތަށް ހިންގުމަށް، ޕާޓީއަށް ލިބޭ ފައިސާ އިން ކޮންމެސް މިންވަރެއް ކޮންމެ ރަށަކަށްވެސް ފޯރުކޮއްދިނުންކަމަށެވެ. ފައްޔާޒާއި ރޮޒައިނާ މިއަދު ވަނީ ފީއަލީގެ އިތުރުން ބިލެއްދޫއަށް ވެސް ވަޑައިގެންފަައެެވެ.
ބިލެއްދޫއަށް ވަޑައިގެން އެޕާޓީގެ ޖަގަހައެއް ހުޅުއްވައިދެއްވައި އެމްޑީޕީގެ ކެމްޕޭން ޓީމާއި މެމްބަރުންނާއި ފައްޔާޒު ވަނީ ބައްދަލު ކުރައްވާފައެވެ. މީގެ އިތުރުން އެމްޑީޕީގެ ބޮޑު ސަޕޯޓެއް އޮންނަ މަގޫދޫއަށް ވެސް ފައްޔާޒު މިއަދު ވަނީ ވަޑައިގެންފައެވެ. މަގޫދޫ އަށް ވަޑައިގެން އެރަށުގެ ކެމްޕޭން ޓީމްތަކާއި ޕާޓީގެ މެމްބަރުންނާއި ރައްޔިތުންނާއި ވަނީ ބައްދަލުކުރައްވާފައެވެ. މަގޫދޫ އަށްފަހު ދަރަނބޫދޫ އަށް ފައްޔާޒު ވަޑައިގެންފައިވާއިރު މިއަދުގެ ހަވީރު އެ އަތޮޅު ވެރިކަންކުރާ ނިލަންދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ދުވަހުގެ ފުރަތަމަ މަންޒިލް - ފ . ފީއަލި 🏝
— Hussain Shafiu #MDPhingaalan (@charly_thuthu) May 7, 2022
ޗެެއަރޕާސަން ކެންޑިޑޭޓް @faya_i އަދި އަންހެނުންގެ ރޫހުގެ ރައީސް ކެންޑިޑޭޓް @Roxeyna ފީއަލި މެމްބަރުން ގާތަށް ވަޑައިގަތުން #MDPhingaalan pic.twitter.com/dx89DIgeBJ
ފީއަލީގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާއި ބަައްދަލު ކުރައްވައި ވާހަކަ ދަައްކަވަމުން ފައްޔާޒު އިސްމާއިލް ވިދާޅުވީ އެބޭފުޅުން މަސައްކަތް ކުރައްވަނީ އެޕާޓީއަކީ 2023 ގައި ރިޔާސީ ކެންޑިޑޭޓަށް ދޮންވެ ފައްކާވެފައި އޮތް ޕާރޓީއެއްގެ ގޮތުގައި ބޭއްވުމަށް ކަމަށެވެ. އަދި އެ ޕާރޓީގެ މެމްބަރުންގެ ނުތަނަވަސްކަން ފިލުވާލައި އެންމެން އެކަތި ގަނޑަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު މިއަދު ވެސް ވިދާޅުވީ ރައީސް ނަޝީދު އެޕާޓީން ބޭރުކުރާކަށް ނޫޅޭ ކަމަށާއި އެހެން ނަަމަވެސް ހިޔާލުތަފާތުވާ ކަންކަން އެބަހުރި ކަމަށެެވެ.
މެންދުރުގެ މިވަގުތު ☀️
— Hussain Shafiu #MDPhingaalan (@charly_thuthu) May 7, 2022
ފ . ބިލެއްދޫ އަށް @faya_i އަދި @Roxeyna ވަޑައިގަތުމުން ހިންގާލުމަށް ބޮޑު ތަރުހީބެއް 💪#MDPhingaalan pic.twitter.com/I6ZthRIWWj
"އެކަމަކު ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކު ހަތުރުންނަށް ހަދާ ދެއްކުން އެއީ މި ޕާރޓީއަށް އެންމެ ބުއްދިވެރި ގޮތެއް ނޫން." ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ އެންމެ ބޮޑު އެއް އަމާޒަކީ ރަށްރަށުގައި ވެސް ޕާރޓީގެ ހަރަކާތްތަށް ހިންގުމަށް، ޕާޓީއަށް ލިބޭ ފައިސާ އިން ކޮންމެސް މިންވަރެއް ކޮންމެ ރަށަކަށްވެސް ފޯރުކޮއްދިނުންކަމަށެވެ. ފައްޔާޒާއި ރޮޒައިނާ މިއަދު ވަނީ ފީއަލީގެ އިތުރުން ބިލެއްދޫއަށް ވެސް ވަޑައިގެންފަައެެވެ.
ފ . މަގޫދޫ ☀️🏝
— Hussain Shafiu #MDPhingaalan (@charly_thuthu) May 7, 2022
މިވަގުތު @faya_i އަދި @Roxeyna ފ . މަގޫދޫ އަށް ، މަގޫދޫ އިން ހިންގާލުމަށް ތަރުހީބު ބޮޑު #MDPhingaalan pic.twitter.com/97O69LVa0i
ބިލެއްދޫއަށް ވަޑައިގެން އެޕާޓީގެ ޖަގަހައެއް ހުޅުއްވައިދެއްވައި އެމްޑީޕީގެ ކެމްޕޭން ޓީމާއި މެމްބަރުންނާއި ފައްޔާޒު ވަނީ ބައްދަލު ކުރައްވާފައެވެ. މީގެ އިތުރުން އެމްޑީޕީގެ ބޮޑު ސަޕޯޓެއް އޮންނަ މަގޫދޫއަށް ވެސް ފައްޔާޒު މިއަދު ވަނީ ވަޑައިގެންފައެވެ. މަގޫދޫ އަށް ވަޑައިގެން އެރަށުގެ ކެމްޕޭން ޓީމްތަކާއި ޕާޓީގެ މެމްބަރުންނާއި ރައްޔިތުންނާއި ވަނީ ބައްދަލުކުރައްވާފައެވެ. މަގޫދޫ އަށްފަހު ދަރަނބޫދޫ އަށް ފައްޔާޒު ވަޑައިގެންފައިވާއިރު މިއަދުގެ ހަވީރު އެ އަތޮޅު ވެރިކަންކުރާ ނިލަންދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ހިޔާލު