ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީއަށް ލިބޭ ފައިސާއަށް ވާނުވާ ނޭނގޭކަމުގެ ތުހުމަތު، އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ކުރައްވައިފިއެވެ.
ރީކޯ މިއަދު ވިދާޅުވީ، އެމްޑީޕީން ހަރަދުކޮށްގެން ހިންގަނީ ހަމައެކަނި މާލޭގައި ހުންނަ އޮފީހަކާއި މާލޭގައި ހުންނަ ޕާޓީގެ ހަރުގެ ކަމަށެވެ. އަދި އެމްޑީޕީ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި ކަރަންޓު ބިލާއި އިންޓަނެޓް އަދި ފޯނު ބިލަށް ބަލާއިރު އަހަރަކަށް އެންމެ ގިނަވެގެން ހަރަދުވާނީ 3.6 މިލިއަން ރުފިޔާ ކަމަށް ރީކޯ ވަނީ ވިދާޅުވެފައެވެ.
ރީކޯ ވިދާޅުވީ، ދައުލަތުން އެމްޑީޕީއަށް ދޭ ފައިސާއަށް އެކަނި ބެލިކަމުގައިވިޔަސް، ހިސާބުތައް ދިމާނުވާކަމަށެވެ.
ރީކޯ މިފަދައިން ވިދާޅުވެފައި މިވަނީ، ޗެއަރޕާސަންގެ އިންތިހާބާއި ދިމާކޮށް، ޕާޓީއަށް ލިބޭ ފައިސާ ހަރަދުވެގެން ދާގޮތުގެ ތަފުސީލު ނޭނގޭކަމަށް އެމްޑީޕީގެ ގިނަ ބަޔަކު ބުނަމުން ދަނިކޮށެވެ. ހާއްސަކޮށް މިވާހަކަ އެންމެ ބޮޑަށް ދައްކާ އެއްބަޔަކީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލްގެ ޓީމެވެ. އެ ޓީމުން ބުނަމުންދަނީ ޕާޓީއަށް ލިބޭ ފައިސާ އަތޮޅު ތެރޭގެ ގޮފިތައް ހިންގުމަށް ދޫކުރަން ޕާޓީގެ ގައުމީ މަޖިލީހުން ނިންމާފައިވީނަމަވެސް، އެ ނިންމުން އެގޮތަށް ތަންފީޒު ނުކުރާ ކަމަށެވެ. އަދި ޕާޓީއަށް ލިބޭ ފައިސާގެ އޮޑިޓެއް ކޮންމެ އަހަރަކު ވެސް ހެދިނަމަވެސް، ގޮފިތަކަށް ފައިސާ ނުދީ، ހަމައެކަނި މާލޭގެ އޮފީހަށް ހަރަދުވެ އެފައިސާ ހުސްވެގެން ނުވާނެކަމަށް އެ ޓީމުންދަނީ ބުނަމުންނެވެ.
ޕާޓީތަކަށް ދައުލަތުން ފައިސާ ދޫކުރަނީ އެ ޕާޓީއެއްގެ ދަފުތަރުގައި ހިމެނޭ މެންބަރުންގެ އަދަދަށް ބެލުމަށްފަހުއެވެ. އެގޮތުން، މި އަހަރު ވެސް ސަރުކާރުން ޕާޓީތަކަށް ފައިސާ ދޫކޮށްފައިވާއިރު އެމްޑީޕީއަށް 15 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
އެ ފައިސާ ދިނުމުގެ ކަންކަން ކުރިއަށް ގެންދަނީ ޕާޓީތަކުން އެ ޕާޓީގެ މާލީ ބަޔާނާއި އޮޑިޓް ރިޕޯޓުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުންނެވެ.

MDP ޚަރަދުކޮށްގެން ހިންގަނީ މާލޭގަ ހުންނައޮފީހަކާ،މާލޭގަހުންނަ ހަރުގެއެއްއެކަނި.
— Moosa Maniku (Reeko) (@ReekoMoosa) May 7, 2022
އޮފީސްމުވައްޒަފުންގެ މުސާރަޔާ،ކަރަންޓްބިލާ އިންޓަރނެޓް،ފޯންބިލަށް ބަލާއިރު އަހަރަކަށް އެއްމެގިނަވެގެން ޚަރަދުވާނީ 3.6މިލިއަން؟ ދަވްލަތުން ލިބޭފައިސާއަށްއެކަނިބެލިޔަސް ހިސާބު ދިމައެއްނުވޭ؟
ރީކޯ މިފަދައިން ވިދާޅުވެފައި މިވަނީ، ޗެއަރޕާސަންގެ އިންތިހާބާއި ދިމާކޮށް، ޕާޓީއަށް ލިބޭ ފައިސާ ހަރަދުވެގެން ދާގޮތުގެ ތަފުސީލު ނޭނގޭކަމަށް އެމްޑީޕީގެ ގިނަ ބަޔަކު ބުނަމުން ދަނިކޮށެވެ. ހާއްސަކޮށް މިވާހަކަ އެންމެ ބޮޑަށް ދައްކާ އެއްބަޔަކީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލްގެ ޓީމެވެ. އެ ޓީމުން ބުނަމުންދަނީ ޕާޓީއަށް ލިބޭ ފައިސާ އަތޮޅު ތެރޭގެ ގޮފިތައް ހިންގުމަށް ދޫކުރަން ޕާޓީގެ ގައުމީ މަޖިލީހުން ނިންމާފައިވީނަމަވެސް، އެ ނިންމުން އެގޮތަށް ތަންފީޒު ނުކުރާ ކަމަށެވެ. އަދި ޕާޓީއަށް ލިބޭ ފައިސާގެ އޮޑިޓެއް ކޮންމެ އަހަރަކު ވެސް ހެދިނަމަވެސް، ގޮފިތަކަށް ފައިސާ ނުދީ، ހަމައެކަނި މާލޭގެ އޮފީހަށް ހަރަދުވެ އެފައިސާ ހުސްވެގެން ނުވާނެކަމަށް އެ ޓީމުންދަނީ ބުނަމުންނެވެ.
ޕާޓީތަކަށް ދައުލަތުން ފައިސާ ދޫކުރަނީ އެ ޕާޓީއެއްގެ ދަފުތަރުގައި ހިމެނޭ މެންބަރުންގެ އަދަދަށް ބެލުމަށްފަހުއެވެ. އެގޮތުން، މި އަހަރު ވެސް ސަރުކާރުން ޕާޓީތަކަށް ފައިސާ ދޫކޮށްފައިވާއިރު އެމްޑީޕީއަށް 15 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
އެ ފައިސާ ދިނުމުގެ ކަންކަން ކުރިއަށް ގެންދަނީ ޕާޓީތަކުން އެ ޕާޓީގެ މާލީ ބަޔާނާއި އޮޑިޓް ރިޕޯޓުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުންނެވެ.
ކިޔުންތެރިންގެ ހިޔާލު