ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގައި ބައިވެރިވި އެއްވެސް މީހަކަށް އެއްވެސް ފަރާތަކުން މާލީގޮތުން އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދީފައިނުވާކަމަށް ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ބަޔަކު ފަންޑުކޮށްފައިނުވާކަމަށް ފުލުހުންނާއި ހަވާލާދީ ރިޕޯޓްކޮށްފައި މިވަނީ، އެ ހަމަލާއަށް ފަންޑުކުރި މީހުން ހޯދުމަށް ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުޤީގު ޓީމުގައި އިސްކޮށް ހަރަކާތްތެރިވި އޮފިޝަލަކާއި ހަވާލާދީ ދައުލަތުގެ މީޑިއާއިން ބުނީ އެ ހަމަލާއަށް އެއްވެސް ބަޔަކު ފަންޑުކޮށް މާލީ ގޮތުން އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދީފައިވޭތޯ ފުޅާ ދާއިރާއެއްގައި ތަހުޤީގު ހިންގާ ބަލާފައިވާކަމަށެވެ. އެގޮތުން މި މައްސަލާގައި ހިމެނޭ މީހުންނާއި އެމީހުންނާއި އެއްވެސް ގުޅުމެއް އޮންނަކަމަށް ބެލެވޭ ހުރިހާ ނެޓްވޯކްތަކަށް ޓާގެޓްކޮށް ތަހުޤީގު ވަނީ ހިންގާފައިވާކަމަށާއި މީގެތެރޭގައި މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ އާއީލީ މީހުންނަށްވެސް ބަލާފައިވާކަމަށެވެ.
ދައުލަތުގެ މީޑިއާގެ ރިޕޯޓްގައިވާ ގޮތުން މައްސަލާގައި ތުހުމަތުކުރެވޭ މީހުންނާއި، ހަރުކަށި ފިކުރު ފެތުރުމުގައި މަސައްކަތް ކުރާ މީހުންގެ މިލްކިއްޔާތާއި، ގޭންގުތަކުގެ ތެރޭގައި މިބާވަތުގެ ކަންކަމަށް މާލީ އެހީތެރިކަން ފޯރުކޮށްދީ އުޅޭނެކަމަށް ބެލެވޭ މީހުންގެ މިދިޔަ ދެ އަހަރުގެ މާލީ ހުރިހާ މުއާމަލާތެއް ފުލުހުން ވަނީ ތަހުގީގްކޮށްފައެވެ. މީގެއިތުރުން ރައީސް ނަޝީދަށް ދިން ހަމަލާއާ އެމްއެމްޕީއާރސީގެ ހިޔާނާތާއި ގުޅުވާ ވާހަކަދެކެވުމުންދާތީ އެކަމާއި ގުޅުން ހުރި ހުރިހާ މުއާމަލާތެއްވެސް ތަހުޤީގުކޮށްފައިވާކަމަށް ރިޕޯޓްގައިވެއެވެ.
ފުލުހުންގެ އޮފިޝަލް ވިދާޅުވީ ފުލުހުންނާއި ރާއްޖޭގެ މާލީ ހުރިހާ އިދާރާއެއް ހިމެނޭހެން އަދި އެފްބީއައި އާ ޓެރަރިޒަމް ފައިނޭންސިން އާ ގުޅުންހުރި މާހިރުން މެދުވެރިކޮށް ބެލިބެލުމުންވެސް، ރައީސް ނަޝީދަށް ދިން ހަމަލާއަށް އެއްވެސް ފަރާތަކުން ފައިނޭންސް ކޮށްފައިވާކަން ފެންނަން ނެތްކަމަށެވެ.
ފުލުހުންގެ އޮފިޝަލް ވިދާޅުވީ މިފަދަ ކޮންމެ ހަމަލާއަކީ ފައިސާއަށް ކުރާ ކަންކަން ނޫންކަމަށާއި ރައީސް ނަޝީދަށް ހަމަލާ ދިން ސަބަބު ގުޅިފައިވަނީ ނަފްރަތާކަން ތަހްގީގަށް ފާހަގަކުރެވިފައިވާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ހަމަލާދިނީ މީގެ އަހަރެއް ކުރިން މަޖީދީމަގާއި ނިލޯފަރުމަގު ގުޅުނު ކަންމަތިންނެވެ. މި ހަމަލާއާ ގުޅިގެން 9 މީހަކު ހައްޔަރުކޮށް އެމީހުންގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ. އަދި މީގެތެރެއިން މި ހަމަލާދިނުމުގައި ބޭނުންކުރި ބޮން ގޮއްވާލި މުހައްމަދު އަދުހަމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު