ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ބޭއްވި މުޒާހަރާތަކުގައި އެޕާޓީގެ ދިދަ ހޫރުވި "ފުލެގް މޭން" ހާލުގައި ޖެހިފައިވާ ކަމަށް ބުނެ މީސް މީޑިއާގައި ފަތުރާ ވާހަކަތައް އާއިލާއިން ދޮގުކޮށްފިއެވެ.

ފްލޭގްމޭންގެ އާއިލާއިން އެކަން ދޮގުކޮށްފައި މިވަނީ، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން މީގެކުރިން ބޭއްވި މުޒާހަރާތަކުގައި އެޕާޓީގެ ދިދަ ހޫރުވި "ފުލެގް މޭން" ހާލުގައި ޖެހިފައިވާ ކަމަށް ބުނާ ވީޑިއޯއެއް އާންމުވެ ގިނަބައެއްގެ ފާޑުކިއުން އެމްޑީޕީއަށް އަމާޒުވާން ފަށާފައިވާ ދަނޑިވަޅެއްގައެެވެ.

"ރަސް އޮންލައިން" އަށް މައުލޫމާތު ދެމުން ފްލޭގްމަންއަށް ބޮޑުބޭބެ ކިޔާ މީހަކު ބުނީ އެމްޑީޕީން ފްލޭގްމޭންއަށް އަޅާނުލާކަމަށް ބުނެ ދައްކަމުންދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ފްލޭގްމޭނަށް އެހީތެރިކަން ބޭނުންވި ދުވަހު އެމްޑީޕީން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށްވެސް "ރަސްއޮންލައިން" އާ ވާހަކަދެއްކި ފަރާތުން ބުންޏެވެ.

ފްލޭގްމޭންގެ އާއިލާއިން ބުނިގޮތުގައި އެމްޑީޕީގެ ދިދަ ހޫރަވަން އުޅުމަކީ އުމުރު ދުވަހު އެމީހަކަށް އެމްޑީޕީން އެހީތެރިވެދޭންޖެހޭ ސަބަބެއް ނޫނެވެ. އަދި އެގޮތަށް ވިސްނުން ބަހައްޓައިގެން ނުވާނެކަމަށްވެސް އޭނާ ބުންޏެވެ.

ފްލޭގްމޭންގެ އާއިލާއިން ބުނިގޮތުގައި މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކީ ބަޔަކު ފިތުނަ އުފައްދަންކޮށްގެން އުޅޭ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު