ސްރީލަންކާއަށް ބޭސްފަރުވާއަށް ގޮސް އުޅުނު އުމުރުން ދުވަސްވީ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
މިދިޔަ އަންގާރަ ދުވަހު އީދު ނަމާދަށް ދިޔަފަހުން އެ ދުވަހުގެ ހެނދުނުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން އަންނަނީ އިބްރާހީމް ޢަލީ ނަމަކަށް ކިޔާ 62 އަހަރުގެ މީހެކެވެ. އޭނާގެ އާއިލާގެ ފަރާތުން ވާހަކަދެއްކި މީހަކު ބައެއް މީޑިއާތަކަށް ބުނެފައިވަނީ އިބްރާހީމް ލަންކާއަށް ދިޔައީ މީގެ ތިން މަހެއްހާ ދުވަސް ކުރިން ކަމަށެވެ. އަދި އިބްރާހީމް އެ ގައުމުގައި ހުއްޓާ ކިޑްނީ މައްސަލައެއް ހުރިކަން އެނގިގެން އޭނާ ގެންދަނީ އެ ބައްޔަށް ބޭސް ފަރުވާ ކުރަމުން ކަމަށް އާއިލާއިން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާހީމަކީ، ރަހުމަތްތެރި ދިވެހި އާއިލާއެއް ގާތުގައި ދިރިއުޅެމުން ދިޔަ މީހަކެވެ.
މި ކަމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ ދުވަސްވީ ފިރިހެނަކު ގެއްލިގެން އެ އާއިލާއަށް، ކޮންސިއުލާ އެހީތެރިކަން ދެމުން އަންނަ ކަމަށެވެ. އެ މައްސަލަ ލަންކާގެ ފުލުހުންނަށް ވެސް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުޙައްމަދާއި ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ.
އިބްރާހީމް ހޯދުމަށް، މީސްމީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި ބުނެފައިވަނީ، އީދު ދުވަހު ދެހިވަލަ މިސްކިތް ކައިރިއަށް ދިޔަ ގޮތަށް އިބްރާހީމްގެ ހަބަރެއް ނުވާ ކަމަށެވެ.
އޭނާ ހޯދުމަށް ދެހިވަލާ ސަރަހައްދުގައި މިހާރުވަނީ ޕޯސްޓަރުތައް ހަރުކޮށްފައެވެ. އަދި ވައިބާ ކޮމިއުނިޓީތަކުގައި ވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު