ތާލިބާނުންގެ ބާރުގެ ދަށުގައިވާ އަފްޣާނިސްތާނުގެ އަންހެނުން މޫނު ބުރުގާ އަޅަން މަޖުބޫރުކޮށްފިއެވެ.
މިއަމުުރު ތަންފީޒު ކުރަންފަށާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މިއަމުރުގައި ވާގޮތުން، އަފްޣާނިސްތާނުގެ އަންހެނުން ތިބެންޖެހޭނީ ބޮލުން ފެށިގެން ފައިތިލައާއި ހިސާބަށް ހަށިގަނޑު ނިވާވާ ބުރުގާއެއް ނުވަތަ އަފްޣާނިސްތާނުގެ އަންހެނުން އިހުޒަމާނުގައި ލައިއުޅުނު މޫނާއި ހަށިގަނޑު ނިވާވާގޮތަށް ތައްޔާރުކޮށްފައިވާ ޗަދޯރީ ލައިގެންނެވެ. އަދި ހާއްސަގޮތެއްގައި މަހުރަމުން ނޫން ފިރިހެނުން ކުރިމަތީގައި މިފަދައިން އަންހެނާގެ މުޅިހަށިގަނޑު ނިވާކުރަން މިއަމުރުގައި މަޖުބޫރުކޮށްފައިވެއެވެ.
މީގެއިތުރުން މުހިންމު ބޭނުމެއްގައި ފިޔަވާ އަންހެނުން ގެއިން ނުނިކުތުމަށްވެސް މިގަވާއިދުގައި އިލްތިމާސްކޮށްފައިވެއެވެ.
މީގެ ކުރިންވެސް އަފްޣާނިސްތާނު ތާލިބާނުންގެ ބާރުގެ ދަށަށް އައިފަހަރަކު ވަނީ އަފްޣާނިސްތާނުގެ އަންހެނުން ބުރުގާ އެޅުމަށް މަޖުބޫރު ކުރުވާފައެވެ.
އަދި މިއީ މިފަހުން ތާލިބާނުންގެ ބާރުގެ ދަށަށް އަފްގާނިސްތާނު އައުމުން އަންހެނުންނާ ދެކޮޅަށް ހަރުކަށި ގަވާއިދެއް އެކުލަވާލި ފުރަތަމަ ފަހަރެއްވެސް ނޫނެވެ. އެގޮތުން ތާލިބާނުން ވަނީ އަންހެނުންނަށް ތަޢުލީމު އުނގަނެވޭނެ ދޮރުތައް ބަންދުކޮށް ސްކޫލްތަކާއި، ކޮލެޖް އަދި ޔުނިވަރސިޓީތަކުގައި އަންހެންކުދިންނަށް ކިޔެވުން މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު