އިންޑޮނޭޝިޔާގެ ބާލީގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ދެމަފިރިއަކު، ފައްޅިއެއްގައި ބަރަހަނާ ހާލުގައި ފޮޓޯ ނެގުމުން ޑީޕޯޓުކުރަން ނިންމައިފިއެވެ.
ރަޝިޔާގެ މަޝްހޫރު ސޯޝަލް މީޑިއާ އިންފްލުއެންޒަރ އެއް ކަމަށްވާ އަލީނާ ފަޒްލީވާ ބަރަހަނާ ހާލުގައި ފޮޓޯ ނަގާފައިވަނީ ބާލީގެ ފައްޅިއެއްގައިހުރި 700 އަހަރުވީ ނިކަ ގަހެއްގެ ބުޑުގައެވެ. މިގަހަކީ ފައްޅީގެ ތެރޭގައި ހުރުމުންނާއި، އުމުރުން ދުވަސްވީ ގަހަކަށް ވާތީވެ ބާލީގައި ޚާއްޞަކަމެއް ދެވިފައިވާ ގަހެކެވެ.
މިފަދަ ފޮޓޯއެއް ނެގިކަން ފަޅާއެރީ ފޮޓޯނަގައި، އަލީނާގެ އިންސްޓަގްރާމުގައި ހިއްސާކުރުމުންނެވެ. މިއާއެކު ބާލީގެ ގިނަބަޔަކު ވަނީ އެމީހުންގެ ދީނަށާއި، މުޖްތަމައުތެރޭގައި ގަބޫލުކުރާ ކަންކަމަށް އަލީނާގެ ދެމަފިރިން އެއްވެސް އިހުތިރާމެއް ނެތްކަމަށްބުނެ އެމީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.
މިހާދިސާ އާއިގުޅިގެން ބާލީގެ އިމިގްރޭޝަނުން ބުނީ އަލީނާމެންގެ ދެމަފިރިން، ބާލީގައި ފަތުރުވެރިންނަށް ކަނޑައަޅާފައިވާ ގަވާއިދުތަކާއި ހިލާފުވުމުގެ އިތުރުން ބާލީގެ އާންމުންނަށް އެއްވެސް އިހުތިރާމެއް ނުކުރާކަމަަށެވެ. އެގޮތުން މިހާރު އެދަމަފިރިން ތިބީ އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައިކަމަށާއި ވަރަށް އަވަހަށް އެގައުމުން ޑީޕޯޓު ކުރާނެކަމަށް ބާލީގެ އިމިގްރޭޝަނުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު