އިންޒާރު ދިނުމަށްފަހު ނ. މިލަދޫ ޕޮލިސް ޑެސްކުގައި މަސައްކަތް ކުރާ ފުލުހެއްގެ ސައިކަލްގައި އަލިފާން ރޯކޮށްލި މައްސަލައިގައި ދައުވާ އުފުލައިފި އެވެ.
މިލަދޫ ޕޮލިސް އިންޗާޖް ސާޖަންޓް މުހައްމަދު އަރީޝްގެ ސައިކަލުގައި ރޯކޮށްލީ މިދިޔަ ފެބުރުއަރީ މަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. މީސް މީޑީއާގައި ދައުރުވެފައިވާ އެ ޙާދިސާގެ ވީޑިއޯ ފްޓޭޖުން ފެންނަނީ ދެމީހަކު ބައިވެރިވެގެން ގެއެއްގެ ގޯތިތެރޭގައި ހުރި ސައިކަލެއްގައި އަލިފާން ރޯކޮށްލާ މަންޒަރެވެ. އެގޮތުން އެކަކު ޕެޓްރޯލް އެޅުމުން އަނެކަކުވަނީ ސައިކަލްގައި ރޯކޮށްލާފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ތިން މީހަކު ހައްޔަރުކުރި ނަމަވެސް އޭގެތެރެއިން ދެ މީހަކު ފަހުން ވަނީ ދޫކޮށްލައިފަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ މިލަދޫ މާގަސްދޮށުގެ ގޯތި ތެރޭގައި ބަހައްޓާފައި ހުރި ފުލުހެއްގެ ސައިކަލުގައި އަލިފާން ރޯކޮށްލި މައްސަލައިގައި މިހާރު ދައުވާކުރަން ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައިގައި ދައުވާކުރީ މިލަދޫ، ފަތަގުމާގެ، އަބްދުﷲ ޝުހާދުގެ މައްޗަށެވެ. އެ މައްސަލަ ނ. މިލަދޫ މެޖިސްޓްރޭޓް ކޯޓަށް ވަނީ ހުށަހަޅާފައިވަނީ މިދިޔަ މަހުގެ ހަވަނަ ދުވަހު އެވެ.
އޭނާގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 220 ވަނަ މާއްދާއާ ހަވާލާދީ މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދައުވާ އެވެ. މި ދައުވާ ސާބިތުވެއްޖެނަމަ 9 މަހާއި 18 ދުވަހުގެ ޖަލު ޙުކުމެއް އަންނާނެއެވެ.
މި މައްސަލާގައި ފުލުހުން ބުނެފައިވަނީ މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހަކު ހުއްޓުވުމުން ފުލުހަކަށް އިންޒާރުދީފައިވާ ކަމަށެވެ. އަދި އެފުލުސް މީހާގެ ސައިކަލުގައި އެރޭ ދަންވަރު އަލިފާން ރޯކޮށްލާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު