ދިވެހިރާއްޖޭގައި ޑިމޮކްރަސީގެ ބާނީންކަމަށް ބުނާ ބޭފުޅުންގެ އަމަލުތައް ހުންނަނީ ޑިމޮކްރަސީއާ އިދިކޮޅަށްކަމަށް ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު އަދި އދގެ ހާއްސަ ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީދު މިއަދު ވިދާޅުވީ ތިމަންނާ އާއިމެދު ކަންތައްތައް މީހަކު ކުރުމަށް ހިތް ނުރުހޭ ގޮތަށް އެހެން މީހަކާއި މެދު ކަންކުރަން ނުވާނެކަން ގައުމުގެ އިސްވެރިންނަށް ދަސްވާނެ ދުވަހެއް ފެންނާކަށް ނެތްކަމަށެވެ.
ޑރ. ޝަހީދު ވިދާޅުވީ ޑިމޮކްރަސީގެ ބާނީންނޭ ވިދާޅުވިނަމަވެސް ބައެއް ބޭފުޅުންގެ ފަރާތުން ފެންނަނީ ޑިމޮކްރަސީގެ ހަތުރުންގެ ފަލްސަފާތައް ހިންގާތަންކަމަށެވެ. އެހެންކަމުން ޒުވާނުންނާއި ހަރު ބޭފުޅުން އެކަމަށް ސަމާލުވާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ޝަހީދު ވިދާޅުވިއެވެ.
ޑރ. ޝަހީދުގެ ވާހަކަފުލުތައް އަމާޒުވަނީ ސީދާ ކޮން ބޭފުޅަކަށްކަމެެއް ވިދާޅުނުވިނަމަވެސް، ޑިމޮކްރަސީގެ ބާނީންކަމަށް ދައުވާކުރާ ގިނަ ބޭފުޅުން ތިއްބެވީ އަދުގެ ސަރުކާރުގައިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ރާއްޖޭގެ ޑިމޮކްރެސީގެ ބާނީ ކަމަށް ރާއްޖެއާއި ބޭރުގެ ގިނަ ބަޔަކު ބުނަމުންދާ އެމްޑީޕީގެ ރައީސް ނަޝީދުގެ ފަރާތްޕުޅުން މިއަދު ފެންނަނީ ޑިމޮކްރެސީއާއި ހަމަކަމާއި ދިމާ އިދިކޮޅު ސިފަތަކެއް ކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ. އެކަން އެގޮތަށް ގިނަ ބަޔަކަށް ފާހަގަ ކުރެވެނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް ރައީސް ނަޝީދުގެ އަމަލުފުޅުތަކާއި ބަސްފުޅުތައް ގެންގުޅުއްވާ ގޮތުން ކަމަށް ބެލެވެއެވެ.

Thimannaa aa medhu kanthah thah meehaku kurumah hiy nuruhey gothan ehen meehakaa medhu kan kuran nuvaane kan qawm ge isverinnah dhasvaane dhuvaheh adhi fennaakah neiy! 1/2
— Ahmed Shaheed (@ahmedshaheed) May 8, 2022
ޑރ. ޝަހީދު ވިދާޅުވީ ޑިމޮކްރަސީގެ ބާނީންނޭ ވިދާޅުވިނަމަވެސް ބައެއް ބޭފުޅުންގެ ފަރާތުން ފެންނަނީ ޑިމޮކްރަސީގެ ހަތުރުންގެ ފަލްސަފާތައް ހިންގާތަންކަމަށެވެ. އެހެންކަމުން ޒުވާނުންނާއި ހަރު ބޭފުޅުން އެކަމަށް ސަމާލުވާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ޝަހީދު ވިދާޅުވިއެވެ.
2/2 Democracy ge baaneen ney vidhaalhuvi eh kamaku bahaai amalu thah hunnakamah fennanee Democracy ge bodu hathureh kamugai vi Nazi Party ge falsafaa veriyaa Carl Schmitt ge falsfaa aai eggothah! Zuvaanunai haru beyfulhun mikamah samaalu vaane kamah ummeedhu kuran! 🙏
— Ahmed Shaheed (@ahmedshaheed) May 8, 2022
ޑރ. ޝަހީދުގެ ވާހަކަފުލުތައް އަމާޒުވަނީ ސީދާ ކޮން ބޭފުޅަކަށްކަމެެއް ވިދާޅުނުވިނަމަވެސް، ޑިމޮކްރަސީގެ ބާނީންކަމަށް ދައުވާކުރާ ގިނަ ބޭފުޅުން ތިއްބެވީ އަދުގެ ސަރުކާރުގައިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ރާއްޖޭގެ ޑިމޮކްރެސީގެ ބާނީ ކަމަށް ރާއްޖެއާއި ބޭރުގެ ގިނަ ބަޔަކު ބުނަމުންދާ އެމްޑީޕީގެ ރައީސް ނަޝީދުގެ ފަރާތްޕުޅުން މިއަދު ފެންނަނީ ޑިމޮކްރެސީއާއި ހަމަކަމާއި ދިމާ އިދިކޮޅު ސިފަތަކެއް ކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ. އެކަން އެގޮތަށް ގިނަ ބަޔަކަށް ފާހަގަ ކުރެވެނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް ރައީސް ނަޝީދުގެ އަމަލުފުޅުތަކާއި ބަސްފުޅުތައް ގެންގުޅުއްވާ ގޮތުން ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު