އައްޑޫ ރައްޔިތުން ރައީސުލްޖުމްހުރިއްޔާއަށް ސަނާކިޔުން ހުއްޓާލައި، ވަކި ދައުލަތެއް އުފައްދަންޖެހޭކަމަށް ދޭހަވާގޮތަށް ކުރީގެ ރައީސް، އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅުދައްކަވައިފިއެވެ.
ރައީސް ނަޝީދު މިމޭރުމުން ވާހަކަފުޅު ދެއްކެވީ އެމަނިކުފާނު އިންނަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ. އެ ވްރޫޕްތެރޭގައި އެ ބަހުސް ހިނގީ ގްރޫޕްގައި އައްޑޫ ބޭފުޅަކު ހިއްސާ ކުރެއްވި ފޮޓޯއަކާއި ގުޅިގެންނެވެ.
ވަޓްސްއެޕް ގްރޫޕްގައި ދެކެވެމުންދިޔައީ އައްޑޫގައި ވަކި ދައުލަތެއް ހެދުމަށްފަހު، އިނގިރޭސިންގެ ހިމާޔަތް ހޯދައިގެން ސީޝެލްސްއަށް އަމިއްލައަށް އަރުވާލެވުނު އަފީފް ދީދީގެ ވާހަކައެވެ.
މި ވާހަކަތަކުގެ ތެރެއިން ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ރައްޔިތުން މާލޭގައި ހުންނަ ރައީސަށް ސަނާކިޔުން ހުއްޓާލަން އެމަނިކުފާނު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށެވެ. އަދި އައްޑޫ ރައްޔިތުން މިހާރު ވިސްނާ ވިސްނުން ވަރުގަދަކުރަންޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"މިހާރުވެސް ދެން ރައީސުލްޖުމްހުރިއްޔާ ކިޔައިގެން އުޅޭ ވަރުން ލަދުގަނޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، މިބަސްތަކުން ދެތިން މާނައެއް ދޭހަވެއެވެ. އެއް މާނައަކީ އައްޑޫ ރައްޔިތުން މާލޭގައި ހުންނަ ރައީސަށް ސަނާކިޔުން ހުއްޓާލާފައި، ވަކި ދައުލަތެއް އުފެއްދުމެވެ. ނޫނީ މާލޭގައި ހުންނަ ރައީސަށް ސަނާ ނުކިޔައި، އެހެން ވެރިޔަކަށް ސަނާ ކިޔުމެވެ.
އެ ގްރޫޕްގެ ތެރޭގައި އޭގެފަހުން ރައީސް ނަޝީދު ހިއްސާ ކުރެއްވި މެސެޖެއްގައި ވަކިވެގަތުމަކީ އައްޑޫއަށްވެސް އަދި މުޅި ރާއްޖެއަށް ވެސް ގެއްލުންވާނެ ކަމެއް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
އަނެއްކޮޅުން އައްޑޫ ރައްޔިތުން ރައީސުލްޖުމްހުރިއްޔާއަށް ސަނާކިޔުން ހުއްޓާލުމަށް ރައީސް ނަޝީދު ގޮވާލެއްވިއިރު، އެމަނިކުފާނާއި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި ދެމެދު ވަނީ ވަރަށް ބޮޑަަށް ސިޔާސީ ގުޅުން ގޯސްވެފައެވެ. ރައީސް ޞާލިހު ރައީސް ނަޝީދަށް އަމާޒުކޮށް އެފަދަ ބަސްތައް ވިދާޅުނުވި ނަމަވެސް ރައީސް ނަޝީދު ދޭތެރެ ދޭތެރެއިން ރައީސް ޞާލިހަށް އަމާޒުކޮށް މިފަދަ ވާދަވެރި ދެކޮޅުވެރި ބަސްފުޅުތައް ވިދާޅުވަމުން ގެންދަވައެވެ.

ކިޔުންތެރިންގެ ހިޔާލު