ފުވައްމުލަކު ނެރުކައިރިއަށް ޑައިވްކުރަނިކޮށް ގެއްލުނު މުޙައްމަދު ސަޢީދު ހޯދުމުގެ މަސައްކަތް މެދުކަނޑާލައިފިއެވެ.
ފުވައްމުލަކު "ޓައިގާ ޝާކް" ޑައިވިންގ ޕޮއިންޓަށް ޑައިވިނަށް ފޭބި ސަޢީދު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް މިދިޔަ ހޯމަދުވަހުގެ މެންދުރުފަހުއެވެ. އޭނާ ފީނަން ފޭބި ކަމަށް ރިޕޯޓުކޮށްފައި ވަނީ އެދުވަހުގެ 14:30 ހާއިރުއެވެ.
އެމްއެންޑީއެފުން ބުނީ މެއި 2 ވަނަ ދުވަހު ފުވައްމުލަކު ބޭރުން ޑައިވްކުރަނިކޮށް ގެއްލުނު މުޙައްމަދު ސަޢީދު ހޯދުމަށް ކުރިއަށް ގެންދިޔަ ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަން އެމްއެންޑީއެފް ކޯސްޓްގާޑުން މެދުކަނޑާލާފައިވާކަމަށެވެ.
އެމްއެންޑީއެފުން ވިދާޅުވީ މުޙައްމަދު ސަޢީދު ހޯދުމަށް ކޯސްޓްގާޑުގެ ސިފައިން ވަނީ ހަތް ދުވަހުގެ ތެރޭގައި، ވައިގެ މަގުން 2960 އަކަ މޭލު، ކަނޑުގެ މަގުން (ސާރފޭސް ސާރޗު) 760 އަކަ މޭލު އަދި ކަނޑުގެ އަޑިން 1000 މީޓަރުގެ (ފުންމިން 85 މީޓަރު) ސަރަހައްދެއް ބަލާފައިކަމަަށެވެ.
ހޯމަދުވަހު ހިނގި މިހާދިސާގައި ސައީދާއިއެކު ޑައިވިނަށް ފޭބި މަހުމޫދު ފާއިޒްގެ ޙާލު ގޯސްވެގެން ދ. ކަނޑިންމަ މޯލްޑިވްސްގައި ހުންނަ ޑީކޮމްޕްރެޝަން ޗެމްބަރގައި ފަރުވާ ދިނުމަށްފަހު ވަނީ އިތުރު ފަރުވާއަށް މާލެވެސް ގެނެސްފައެވެ.
ގެއްލިގެން ހޯދަމުންދިޔަ ސައީދަކީ ފުވައްމުލަކުގައި ޑައިވް ސެންޓަރެއް ހިންގަމުން އަންނަ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު