މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހްލާ އަލީ ޕީޕީއެމުން ވަކިކުރަން އެ ޕާޓީގެ ސުލޫކު ކޮމެޓީން މިރޭ ނިންމައިފިއެވެ.
ނަހުލާގެ މައްސަލަ ޕީޕިއެމްގެ ސުލޫކު ކޮމެޓީން ބަލައި އޭނާ ޕާޓީން ވަކިކުރީ އާންމު މެންބަރުން ގާތުގައާއި، ސޯޝަލް މީޑިއާގައި ޕާޓީގެ ލީޑަޝިޕް ބަދުނާމުކޮށް ހަގީގަތާއި ހިލާފު ދޮގު ވާހަކަ ފަތުރާ މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލޭ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓަށް އެންޓި ކެމްޕެއިންކޮށް، އެމްއެންޕީގެ ކެންޑިޑޭޓަށް ވޯޓު ހޯދުމުގެ މަސައްކަތްތަކެއް ކުރެެއްވި ކަމުގެ ތުހުމަތުގައެވެ.
މީގެ އިތުރުން ޕީޕީއެމްގެ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކޮށް، ދޮގު ވާހަކަތައް ދައްކައި، މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފައްދާ، ފިތުނަ އުފެދޭ ވާހަކަތައް ނަހްލާ ދައްކަވަމުން ގެންދަވާ ކަމުގެ ތުހުމަތު ވެސް ނަހުލާ އާއި އޭނާގެ މަންމަގެ މައްޗަށް ޕީޕިއެމުން ކުރެއެެވެ. އެމައްސަލަ ބެލުމަށްފަހު ނަހުލާގެ އިތުރުން ނަހުލާގެ މަންމަ އާމިނަތު ލީލާވެސް ޕީޕީއެމުން ވަކިކުރަން އެޕާޓީގެ ސުލޫކު ކޮމެޓީން ވަނީ ނިންމާފައެވެ.
ޕީޕީއެމުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލޭ ސިޓީ ކައުންސިލްގައި ވިލިމާލެ ދާއިރާ ތަމްސީލު ކުރައްވާ ޕީޕީއެމްެ މެންބަރު ނަޙުލާ ޢަލީ އޭނާގެ ފޭސްބުކް އެކައުންޓްގައި ޕާޓީއާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމުކޮށް ދައްކާފައިވަނީ ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތަކެއްކަމަށެވެ. އަދި މިކަންކަން ކުރުމުގައި ނަޙުލާއަލީއާއެކު އޭނާއަށް ވާގިވެރި ވުމުގައި، އޭނާގެ މަންމަ އާމިނަތު ލީލާއާއި ދޮގު ވާހަކަތަކެއް ދެއްކުމަށްފަހު ޕާޓިން ވަކިވެފައިވާ އޭނާގެ ކޮއްކޮ މަރްޔަމް ނަފްޙާ ޢަލީވެސް ހިމެނޭކަމަށް ބަޔާނުގައިވެއެވެ.
ނަހުލާ އަލީ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ވިލިމާލެ ދާއިރާގެ ޑަބްލިޔުޑީ ބައި-އިލެކްޝަންގައި ވާދަކުރުމަށް ނަހުލާގެ ފަރާތުން ހުށަހެޅި ކެނޑިޑޭޓްގެ ނަން ނެގުމަށް އޭނާއަށް އެންގިކަމަށާއި، އަދި އޭނާ އެކަން ނުކުރުމުން ކެންޑިޑޭޓް ލައްވާ ނަން ނަގުވާފައިވާކަމަށެވެ. އަދި އެ ޓިކެޓް ދީފައިވަނީ ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހީމް ޝުޖާޢު ބޭނުންފުޅުވި ކެންޑިޑޭޓަކަށް ކަމަށް ނަހުލާ ވިދާޅުވިއެވެ. ނަހުލާ ވިދާޅުވީ ވިލިމާލެ ދާއިރާގެ ޑަބްލިޔުޑީ ބައި-އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓަށް ކާމިޔާބުނުވެއްޖެނަމަ އޭނާ ޕާޓީން ވަކިކުރާނެކަމަށް ބުނެ ޝުޖާއު އިންޒާރުދެމުންދާ ކަމަށެވެ.
ނަހުލާ ޕީޕިއެމުން ވަކިކުރުމަށް ނިއްމައިފައިވާއިރު އޭނާގެ މައްސަލައެއް މީގެ ކުރިން އެޕާޓީން ބަލައި ވަނީ ފިޔަވަޅު އަޅާފައެވެ. ނަހުލާ ވިދާޅުވެފައިވަނީ ޕީޕިއެމުން ވަކިކުރި ނަމަވެސް އެހެން ޕާޓީއަކަށް ނުދާނެ ކަމަށާއި، ހުންނާނީ ރައީސް ޔާމިންގެ ފަހަތްޕުޅުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު