އައްޑޫ ސިޓީއަށް ބޭނުންވަނީ ގާނޫނީ ބާރުވެރިކަން ކަމަށާއި ދައުލަތެއް ނޫން ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު މިރޭ ވިދާޅުވެއްޖެ އެވެ.
މޭޔަރު ނިޒާރު މިހެން ވިދާޅުވީ އައްޑޫގައި ދައުލަތެއް އުފައްދަންޖެހޭ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ބުނެ "ރަސްއޮންލައިން" އިން ޝާއިއުކުރި ހަބަރަކަށް އިޝާރަތް ކުރައްވަމުންނެވެެ.
އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫއަށް މުހިއްމީ ދައުލަތެއް ނޫން ކަމަށާއި އޭގެ ބަދަލުގައި މުހިއްމީ ގާނޫނީ ބާރުވެރިކަމާއި، މިނިވަންކަމާއެކު ކަންކަން ނިންމުމުގެ އިހުތިޔާރު ކަމަށެވެ. އަދި މިހާރުވެސް ކުރެވޭ ތަޖުރިބާއަކީ ގާނޫނީ ގޮތުން އަދިވެސް އަތޮޅުތަކުގެ ހިންގުން ކަސްތޮޅު އެޅިފައިވާކަން ކަމަށް ނިޒާރު ވިދާޅުވި އެވެ.
"އިގްތިސާދީ މިނިވަން ކަމަށް މަސައްކަތް ކުރުމަށް ހުރަސް ހުރުމާއެކު އިދާރީ ހިންގުން ވެސް އޮތީ އެހާ ތުރާލުގައި." ރައީސް ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވަމުން މޭޔަރު ވިދާޅުވި އެވެ.
ވަޓްސްއެޕް ގްރޫޕެއްގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އައްޑޫ ރައްޔިތުން މާލޭގައި ހުންނަ ރައީސަށް ސަނާކިޔުން ހުއްޓާލަން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށެވެ. މިހާރުވެސް ރައީސުލްޖުމްހޫރިއްޔާ ކިޔައިގެން އުޅޭ ވަރުން ލަދުގަންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އައްޑޫ ރައްޔިތުން މިހާރު ވިސްނާ ވިސްނުން ވަރުގަދަކުރަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އައްޑޫގައި ވަކި ދައުލަތެެއް އުފައްދަން ޖެހޭ ފަދަ މޭރުމަކުން ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވީ ވަޓްސްއެޕް ގްރޫޕެއްގައި އައްޑޫގައި ވަކި ދައުލަތެއް ހެދުމަށްފަހު، އިނގިރޭސިންގެ ހިމާޔަތް ހޯދައިގެން ސީޝެލްސްއަށް އަމިއްލައަށް އަރުވާލެވުނު އަފީފް ދީދީގެ ވާހަކައާއި ގުޅުވައިގެން ކުރެވުނު ބަހުސެއްގަވެ.

އައްޑޫގައި ދައުލަތެއް އުފަދަންޖެހޭކަމަށް ދޭހަވާގޮތަށް ރައީސް ނަޝީދު ވާހަކަފުޅުދައްކަވައިފި https://t.co/YbZIAjyb9C
— RasOnline (@rasonlinemv) May 8, 2022
އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫއަށް މުހިއްމީ ދައުލަތެއް ނޫން ކަމަށާއި އޭގެ ބަދަލުގައި މުހިއްމީ ގާނޫނީ ބާރުވެރިކަމާއި، މިނިވަންކަމާއެކު ކަންކަން ނިންމުމުގެ އިހުތިޔާރު ކަމަށެވެ. އަދި މިހާރުވެސް ކުރެވޭ ތަޖުރިބާއަކީ ގާނޫނީ ގޮތުން އަދިވެސް އަތޮޅުތަކުގެ ހިންގުން ކަސްތޮޅު އެޅިފައިވާކަން ކަމަށް ނިޒާރު ވިދާޅުވި އެވެ.
"އިގްތިސާދީ މިނިވަން ކަމަށް މަސައްކަތް ކުރުމަށް ހުރަސް ހުރުމާއެކު އިދާރީ ހިންގުން ވެސް އޮތީ އެހާ ތުރާލުގައި." ރައީސް ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވަމުން މޭޔަރު ވިދާޅުވި އެވެ.
ވަޓްސްއެޕް ގްރޫޕެއްގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އައްޑޫ ރައްޔިތުން މާލޭގައި ހުންނަ ރައީސަށް ސަނާކިޔުން ހުއްޓާލަން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށެވެ. މިހާރުވެސް ރައީސުލްޖުމްހޫރިއްޔާ ކިޔައިގެން އުޅޭ ވަރުން ލަދުގަންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އައްޑޫ ރައްޔިތުން މިހާރު ވިސްނާ ވިސްނުން ވަރުގަދަކުރަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އައްޑޫގައި ވަކި ދައުލަތެެއް އުފައްދަން ޖެހޭ ފަދަ މޭރުމަކުން ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވީ ވަޓްސްއެޕް ގްރޫޕެއްގައި އައްޑޫގައި ވަކި ދައުލަތެއް ހެދުމަށްފަހު، އިނގިރޭސިންގެ ހިމާޔަތް ހޯދައިގެން ސީޝެލްސްއަށް އަމިއްލައަށް އަރުވާލެވުނު އަފީފް ދީދީގެ ވާހަކައާއި ގުޅުވައިގެން ކުރެވުނު ބަހުސެއްގަވެ.
ކިޔުންތެރިންގެ ހިޔާލު