އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރަށްވާ ފައްޔާޒު އިސްމާއީލަކީ އެމްޑީޕީއަށް ދިމާވި ދަތި ދުވަސްވަރު ޕާޓީ ނެގެހެއްޓުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެެއް ކަަމަށް ފައްޔާޒުގެ ކެމްޕޭން މެނޭޖަރު މުހައްމަދު ވަހީދު ވިދާޅުވެެއްޖެއެވެ.
އެމްޑީޕީ އުފެެއްދުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރގެ މަގާމުގައި ހުންނެވި މުހައްމަދު ވަހީދު މިހެން ވިދާޅުވީ ފައްޔާޒު ކެމްޕޭން ޝިއާރު "ހިންގާލަން" ޓީމުން ހާމަކުރި ވީޑިއޯ މެސެޖެެއްގަައެވެ. އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ކެމްޕޭން މެނޭޖަރު ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ވަހީދު ވިދާޅުވީ، އެމްޑީޕީ އުފައްދައި ޕާޓީގެ ގުނަންތައް އެކުލަވާލައި އަަދި ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތް ކުރަމުންދިޔައިރު ޕާޓީއަށް ބޭނުންވާ ގާނޫނީ ލަފާ ދިނުމުގައި ފައްޔާޒު ވަރަށް އިސް ދައުރެެއް އަދާކުރެއްވި ކަމަށެވެ.
އަދި އެމްޑީޕީން ބައިވެރިވި އިންތިޚާބުތަކާއި އެކަންކަމުގައި ބޭނުންވާ ގާނޫނީ ލަފާ ދިނުމުގައި ފައްޔާޒު އޭރު މުގައްރިރުކަން ކުރެއްވި ގާނޫނީ ކޮމެޓީގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނު ކަމަށް އެމްޑީޕީގެ އިންތިޚާބުތަކާއި ބެހޭ ކޮމެޓީގެ މެމްބަރު ކަން ކުރެއްވި ވަހީދު ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ، ފައްޔާޒަކީ އެމްޑީޕީއަށް ދިމާވި ދަތި ދުވަސްވަރުގައި ޕާޓީ ވަރަށް ބޮޑަށް ނަގަހައްޓަން މަސައްކަތް ކުރެއްވި ބޭފުޅެއް ކަަމަށެެވެ. އެ ދަތި އުދަނގޫ ދުވަސްވަރު ފައްޔާޒު އިސް ނަންގަވައި ޕާޓީގެ ލީޑަރޝިޕާ މަޝްވަރާ ކުރައްވައި ގައުމީ މަޖިލީހުގެ ނުރަސްމީ ބަައްދަލުވުންތައް ހަފުތާއަކު އެެއްފަހަރު ބޭއްވެވި ކަމަށާއި އެއީ ވަރަށް ފައިދާ ހުރި ބައްދަލުވުންތަކަކަށް ވެގެންދިޔަ ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.
"2016 ވަަނަ އަހަރު ބޭއްވި މޭޑޭ މުޒާހަރާ އަށްފަހު ޕާޓީގެ އޭރުގެ ޗެއާޕާސަން އިނގިރޭސިވިލާތަށް ވަޑައިގެންނެވި. އޭރު ޕާޓީގެ ރައީސް ވެސް ހުރީ އިނގިރޭސި ވިލާތަށް އަރުވާލެވިގެން. އެދުވަސްވަރު ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ މެދުގައި ދިޔައީ ގައުމީ މަޖިލީހުގެ ބައްދަލުވުންތައް ނުބޭއްވި މިކަހަލަ ކަަންތައްތަކާއި މެދު ވަރަށް ބޮޑަށް ނުތަނަވަސް ކަން އުފެދިގެންދިޔަ. އެދުވަސްވަރު ގައުމީ މަޖިލީހުގެ މެމްބަރުންގެ އެދުމުގެ މަތިން ފައްޔާޒު އިސް ނަންގަވައިގެން ޕާޓީގެ ލީޑަރޝިޕާއި މަޝްވަރާ ކުރެއްވުމަށްފަހު ކޮންމެ ހަފުތާއަކު އެއްދުވަހު ފިޒިކަލީ، ގައުމީ މަޖިލީހުގެ ނުރަސްމީ ބަައްދަލުވުންތައް ބޭއްވުމަށް އިސް ނެންގެވި." އެމްޑީޕީގެ އެންމެ ފުރަތަމަ އޮފީހެއް ހަދައި އެޕާޓީ ރަޖިސްޓްރީ ކުރުމަށް ކުރަމުންދިޔަ މަސައްކަތުގައި މެމްބަރުން ހޯދުމާއި އިދާރީ ގޮތުން ކުރަންޖެހުނު ހުރިހާ މަސައްކަތެއްގައި އަަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައިވާ ވަހީދު ވިދާޅުވިއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ފައްޔާޒާއި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެެ. މިއިންތިޚާބާއި ގުޅިގެން އެމްޑީޕީ ވަނީ ވަރަށް ބޮޑަށް ބައިބައިވެ މުޅި ޕާޓީ ދެބަޔަކަށް ބެހިފައެވެ. އަދި ޕާޓީގެ ދެ މި ފެކްޝަންގެ މެދުގައި ވަރުގަދަ ބަހުގެ ހަމަލާތައް ބަދަލުކުރެވެމުންދާކަން ވެސް ފާހަގަކޮށްލެވެއެވެ.

#KeehveFaya
— MDP Hingaalan (@MdpHingaalan) May 8, 2022
Part 1/2
Fenaka DMD adhi mi campaign ge Manager Ibrahim Waheed #MDPChairperson ah Candidate 2 Fayyaz Ismail ah thaaidhu kuranee keehve#MDPHingaalan #Faya4CP pic.twitter.com/6Eqqorm9QM
ވަހީދު ވިދާޅުވީ، ފައްޔާޒަކީ އެމްޑީޕީއަށް ދިމާވި ދަތި ދުވަސްވަރުގައި ޕާޓީ ވަރަށް ބޮޑަށް ނަގަހައްޓަން މަސައްކަތް ކުރެއްވި ބޭފުޅެއް ކަަމަށެެވެ. އެ ދަތި އުދަނގޫ ދުވަސްވަރު ފައްޔާޒު އިސް ނަންގަވައި ޕާޓީގެ ލީޑަރޝިޕާ މަޝްވަރާ ކުރައްވައި ގައުމީ މަޖިލީހުގެ ނުރަސްމީ ބަައްދަލުވުންތައް ހަފުތާއަކު އެެއްފަހަރު ބޭއްވެވި ކަމަށާއި އެއީ ވަރަށް ފައިދާ ހުރި ބައްދަލުވުންތަކަކަށް ވެގެންދިޔަ ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.
"2016 ވަަނަ އަހަރު ބޭއްވި މޭޑޭ މުޒާހަރާ އަށްފަހު ޕާޓީގެ އޭރުގެ ޗެއާޕާސަން އިނގިރޭސިވިލާތަށް ވަޑައިގެންނެވި. އޭރު ޕާޓީގެ ރައީސް ވެސް ހުރީ އިނގިރޭސި ވިލާތަށް އަރުވާލެވިގެން. އެދުވަސްވަރު ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ މެދުގައި ދިޔައީ ގައުމީ މަޖިލީހުގެ ބައްދަލުވުންތައް ނުބޭއްވި މިކަހަލަ ކަަންތައްތަކާއި މެދު ވަރަށް ބޮޑަށް ނުތަނަވަސް ކަން އުފެދިގެންދިޔަ. އެދުވަސްވަރު ގައުމީ މަޖިލީހުގެ މެމްބަރުންގެ އެދުމުގެ މަތިން ފައްޔާޒު އިސް ނަންގަވައިގެން ޕާޓީގެ ލީޑަރޝިޕާއި މަޝްވަރާ ކުރެއްވުމަށްފަހު ކޮންމެ ހަފުތާއަކު އެއްދުވަހު ފިޒިކަލީ، ގައުމީ މަޖިލީހުގެ ނުރަސްމީ ބަައްދަލުވުންތައް ބޭއްވުމަށް އިސް ނެންގެވި." އެމްޑީޕީގެ އެންމެ ފުރަތަމަ އޮފީހެއް ހަދައި އެޕާޓީ ރަޖިސްޓްރީ ކުރުމަށް ކުރަމުންދިޔަ މަސައްކަތުގައި މެމްބަރުން ހޯދުމާއި އިދާރީ ގޮތުން ކުރަންޖެހުނު ހުރިހާ މަސައްކަތެއްގައި އަަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައިވާ ވަހީދު ވިދާޅުވިއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ފައްޔާޒާއި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެެ. މިއިންތިޚާބާއި ގުޅިގެން އެމްޑީޕީ ވަނީ ވަރަށް ބޮޑަށް ބައިބައިވެ މުޅި ޕާޓީ ދެބަޔަކަށް ބެހިފައެވެ. އަދި ޕާޓީގެ ދެ މި ފެކްޝަންގެ މެދުގައި ވަރުގަދަ ބަހުގެ ހަމަލާތައް ބަދަލުކުރެވެމުންދާކަން ވެސް ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު