ހިންދޫއިންގެ އެދުމަށް އިންޑިއާގެ މުމްބާއީގެ މިސްކިތްތަކުން ގޮވާ ބަންގީގެ އަޑު މަޑުކޮށްފިއެވެ.

އިންޑިއާގައި ދިރިއުޅޭ މުސްލިމުން ބުނާގޮތުން، ބަންގީގެ އަޑު މަޑުކުރަން މަޖުބޫރުވީ އެކަންވެސް އިންޑިއާގައި ސިޔާސީ ކަމަކަށް ހެދުމުންނެވެ. މީގެއިތުރުން، އިންޑިއާގެ ހައިކޯޓަކުންވެސް ވަނީ އިންޑިއާގެ މިސްކިތްތަކުގައި ލައުޑް ސްޕީކަރ ބޭނުންކުރުމުގެ ބޭނުމެއް ނެތްކަމަށް ބުނެފައެވެ.

މުސްލިމުންނާ ދެކޮޅަށް އެކި ފިއްތުންތައް ކުރިމަތިކުރުވަމުންދާ އިންޑިއާގެ މުމްބާއީގެ މިސްކިތްތަކުގެ ލައުޑް ސްޕީކަރ ތަކުގެ އަޑު މަޑުކުރަން ނިންމައިފައިވަނީ ލައުޑް ސްޕީކަރ ތަކުގެ އަޑުގަދަކަމުން ހިންދޫ ދީނުގެ އިސްލީޑަރުންނާއި ސިޔާސީ ވެރިންނަށް އުނދަގޫވާތީކަމަށް ބުނުމުންނެވެ. އެމީހުން ބުނާގޮތުން ދީނަށް އުޅެނީ ބަޔަކަށް ދައްކާކަށް ނޫނެވެ. އެހެންކަމުން މިސްކިތްތަކުގައި ކޮންމެ ދުވަހަކު ލައުޑް ސްޕީކަރ ބޭނުންކޮށް އަޑުގަދަ ކުރާކަށް ނުޖެހޭނެއެވެ.

ހިންދޫއިންގެ ޑިމާންޑާއެކު މިސްކިތްތަކުގެ ލައުޑްސްްޕީކަރުގެ އަޑު މަޑުކުރިއިރު، މިއާ ހިލާފުވެ މުމްބާއީގެ މިސްކިތެއްގައި ފަތިސް ނަމާދަށް ގޮވި މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންގޮސްފައެވެ.

އަދި މިފަދަ ގަވާއިދެއް މުމްބާއީގެ އިތުރުން އިންޑިއާގެ އެހެން ސްޓޭޓްތަކާއި ސިޓީތަކުގައިވެސް ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިންޑިއާގެ ސިޔާސީވެރިން ދަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން