ސްރީލަންކާގެ ފުލުހުންނާއި އާންމުންނާއި ދެމެދު ހަމަނުޖެހުން ހިނގައި މުޅިގައުމުގައި ކާފިއު އިއުލާންކޮށްފިއެވެ.
ސްރީލަންކާގައި ސަރުކާރާ ދެކޮޅަށް ސުލްހަވެރިކަމާމެދު ކުރަމުންދިޔަ މުޒާހަރާތައް ހޫނުވެ އާންމުންނާ ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގީ ސްރީލަންކާގެ ރައީސަށް ސަޕޯޓު ކުރާ ފަރާތްތަކުން ލަޓި ބުރި ތަކާއެކު ނިކުމެ ސަރުކާރާ ދެކޮޅަށް ސުލްހަވެރިކަމާމެދު ކުރަމުންދިޔަ މުޒާހަރާގެ ބައިވެރިންނަށް ހަމަލާ ދޭންފެށުމުންނެވެ.
އެގޮތުން މިހަމަލާތައް ހުއްޓުވުމަށް ބާރުގެ ބޭނުންކޮށް ފުލުހުންވަނީ ޓިއަރ ގޭސް އަދި ފެންހޮޅި ބޭނުންކޮށް ހަމަނުޖެހުން ރޫޅާލުމަށް މަސައްކަތްކޮށްފައެވެ. އަދި މިކަމާ ގުޅިގެން ފުލުހުންވަނީ މުޅި ސްރީލަންކާގައި ކާފިއުވެސް އިއުލާންކޮށްފައެވެ.
މިދިޔަ ހުކުރު ދުވަހު ސަރުކާރުން ވަނީ ސްރީލަންކާގައި ކުއްލި ހާލަތު އިއުލާންކޮށް ގަވާއިދުތަކާއި ހިލާފުވާމީހުން ހައްޔަރުކޮށް ސިފައިންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ބާރުވެސް ދީފައެވެ.
ސްރީލަންކާގައި ތަކެތީގެ އަގުބޮޑުވެ، ކާބޯތަކެއްޗާއި ތެލަށް ޖެހުމުން ސަރުކާރާ ދެކޮޅަށް އާންމުން ނިކުމެ ރައީސް އޮފީސް ކުރިމަތީގައި މުޒާހަރާ ކުރާތާ މަހެއްހާ ދުވަސް ވެއްޖެއެވެ. މުޒާހަރާ ކުރަމުންދާ މީހުން ދަނީ ރައީސް އޮފީސް ދޮށުގައި ޓެންޓު ޖަހައި ކޭމްޕުކޮށްގެން ތިބެ، ސްރީލަންކާގެ ރައީސް ގޮޓަބަޔަ އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ.
ސުލްޙަވެރިކަމާއެކު ކުރިއަށްދިޔަ މުޒާހަރާތައް ހޫނުވެފައިވަނީ ވަރަށް އަވަހަށް ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވާފާނެ ކަމުގެ ވާހަކަތައް ފެތުރެމުންދާ ދަނޑިވަޅެއްގައިކަން ބޭރުގެ ގިނަ ނޫސްތަކުން ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު