ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވައިފިއެވެ.
ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވާފައިވަނީ ސްރީލަންކާގައި ސަރުކާރާ ދެކޮޅަށް ސުލްހަވެރިކަމާމެދު ކުރަމުންދިޔަ މުޒާހަރާތައް ހޫނުވެ ފުލުހުން މުޅި ސްރީލަންކާގައި ކާފިއުވެސް އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ. މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވިކަމުގެ ސިޓީ، ސްރީލަންކާގެ ރައީސް އަދި މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު ގޮޓަބަޔަ ރާޖަޕަކްސައަށް ލިބިވަޑައިގެންފައިވާކަމަށް، ރައީސްގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.
އިގުތިސާދީ ހާލަތު ދަށްވެފައިވާ ސްރީލަންކާގެ ގިނަ އާންމުން ނިކުމެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އަކީ ބާޣީއެއްކަމަށް ގޮވާ ގޮޓަބަޔަގެ ސަރުކާރު އިސްތިއުފާދިނުމަށް ދަނީ ގޮވަމުންނެވެ. އަދި ގިނަ ދުވަސްތަކަކަށް ދިގުދެމިގެންދާ މިމުޒާހަރާތަކާއެކު ސިޔާސީ މަޝްރަހުވެސް ހޫނުވެ ރައީސް ގޮޓަބަޔަގެ ކެބިނެޓުވެސް ވަނީ ހުސްވިމަހު ކުރީކޮޅު އިސްތިއުފާ ދީފައެވެ.
އިގުތިސާދީ ހާލަތު ދަށްވެފައިވާ ސްރީލަންކާ ތަހައްމަލު ކުރަމުންދަނީ 1948 ވަނަ އަހަރު އިނގިރޭސީންގެ އަތްދަށުން ސްރީލަންކާ މިނިވަންވުމަށްފަހު، ސްރީލަންކާގެ ތާރީހުގައި ސަރުކާރުގެ މާލީ ހާލަތު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރުކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ. އެގޮތުން ސްރީލަންކާގެ ފޮރިން އެކްސްޗޭންޖް ރިޒަރވް ދަށްވެ ތެލާއި ކާބޯތަކެތި ފަދަ އިމްޕޯޓު މުދަލަށް ފައިސާ ދެއްކުމަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ކާބޯތަކެއްޗާއި ތެލުގެ އަގުވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
އަދި މިހާލަތުން އަވަހަށް އަރައިނުގަނެފިނަމަ ސްރީލަންކާގެ އާންމުންގެ ގިނަބަޔަކު ކާބޯތަކެއްޗަށް ޖެހޭނެކަމަށް ކަމާ ބެހޭ މާހިރުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު