އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބަށްފަހު އެޕާޓީ ފުނޑިގެންދާން ޖާގަ ނުދެއްވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގަައި ވާދަކުރައްވަނީ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ފޯރިގަދަވެފައިވާ މިދަނޑިވަޅުގައި ޕާޓީ ދެ ފެކްޝަނަކަށް ވަނީ ބެހިފައެވެ.
އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑަައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ރީކޯ މޫސާ މަނިކު ވިދާޅުވީ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ވޯޓުލާން ފަސް ދުވަހަށްވެފައިވާއިރު ކެމްޕެއިނުގައި އެއްބަޔަކު އަނެއްބަޔަކަށް ވަރަށްފޯރިނަގާފައިވާ ކަމަށެވެ. އެ އިންތިޚާބާއެކު އެމްޑީޕީ ފުނޑިގެންދާން ޖާގަ ނުދެއްވާނެ ކަމަށް މޫސަ ވިދާޅުވިއެވެ.
"ގޮތްދޫނުުކުރި ބައެއްގެ ސިޔާސީ ޙަޔާތް ފުނޑޭނީ، ދެންޕާޓީ ރޫޙައް އެނބުރިއާދޭ." މަޖިލީހުގެ ނާއިބް ރައީސް ކަމާއި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރުކަން ވެސް ކުރެއްވި މޫސަ ވިދާޅުވިއެވެެ.

MDP ޗެއަރ އަކަށްވޯޓުލާން 5ދުވަހަށްވީ ކެމްޕެއިނުގާ އެއްބަޔަކު އަނެއްބަޔަކަށް ވަރަށްފޯރިނަގައފި !ސަޕޯޓަރުންނާ ޒިއްމާދާރުވެރިންގެސަމާލުކަމަށްދަންނަވަން މިއިންތިޚާބާއެކު MDP ފުނޑިދާން ޖާގައެއް ނުދޭނަން ގޮތްދޫނުުރިބައެއްގެ ސިޔާސީޙަޔާތް ފުނޑޭނީ،،ދެންޕާޓީރޫޙައް އެނބުރިއާދޭ
— Moosa Maniku (Reeko) (@ReekoMoosa) May 9, 2022
"ގޮތްދޫނުުކުރި ބައެއްގެ ސިޔާސީ ޙަޔާތް ފުނޑޭނީ، ދެންޕާޓީ ރޫޙައް އެނބުރިއާދޭ." މަޖިލީހުގެ ނާއިބް ރައީސް ކަމާއި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރުކަން ވެސް ކުރެއްވި މޫސަ ވިދާޅުވިއެވެެ.
ކިޔުންތެރިންގެ ހިޔާލު