ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށެވެ. އެ އިދާރާއިން ބުނީ ޔެލޯ އެލާޓް ނެރެފައިވާ ސަރަޙައްދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައިޖެހި، ކަނޑުތައް ވަރަށް ގަދަވާނޭކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.



ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު ރާއްޖެއާއި ދުރުން ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ދެ ކޮޅިގަނޑު މިހާރު ވަނީ ޠޫފާނަކަށް ބަދަލުވެފައެވެ. މި ދެ ޠޫފާނުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. ޚާއްސަކޮށް ކުރިއަށްއޮތް ދެތިން ދުވަހު ރާއްޖޭގެ ދެކުނުން އައްޑޫސިޓީއަށާއި ފުވައްމުލައް ސިޓީއަށް ވައިގަދަވެ ވިއްސާރައިގެ އަސަރުކުރާނެކަމަށާއި، މެދުރާއްޖެތެރޭގެ ކަނޑުތައްވެސް ގަދަވެފައި ކެރީގެ އަސަރުކުރާނެކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު