ޚިޔާނާތުގެ ގިނަ ދައުވާތަކެއް ދައުލަތުން އުފުލާފައިވާ ސީލައިފް ގްލޯބަލް ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލި މައްސަލައިގައި ހައިކޯޓުގައި ކުރިއަށްދާ މައްސަލައިގެ ހުކުމް އިއްވުން އާދީއްތަދުވަހަށް ތާވަލުކޮށްފިއެވެ.
ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ދައުވާ އުފުލާފައި ވަނިކޮށް މާޗުމަހު ކްރިމިނަލް ކޯޓުން ވަނީ އައްމަޓީ ބަންދުން ދޫކޮށްލާފައެވެ. އެމައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން، މުއްދަތު ހަމަވިފަހުން އިސްތިއުނާފްކުރިކަމަށް ބުނެ ހައިކޯޓުން ވަނީ މައްސަލަ ބޭރުކޮށްލާފައެވެ.
ހައިކޯޓުގެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން ސުޕްރީމް ކޯޓުން ނިންމީ އިސްތިއުނާފް މުއްދަތު ހައިކޯޓުން ގުނީ ގޯސްކޮށްކަމަށެވެ. އަދި އައްމަޓީ ބަންދުން ދޫކޮށްލި މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން ވަނީ ހައިކޯޓަށް އަމުރުކޮށްފައެވެ.
ސުޕްރީމްކޯޓުގެ އަމުރާއި އެއްގޮތަށް ހައިކޯޓުގައި ވަނީ މިމައްސަލައިގެ އަޑު އެހުމެއް މިއަދު ބާއްވާފައެވެ. ދަށު ކޯޓުގެ މިފަދަ އަމުރުތައް ހަތް ދުވަހުގެ ތެރޭގައި ނިންމަން އޮތުމުން މިއަދުން މިއަދަށް ކޯޓުން އަޑުއެހުންތައް ނިންމާލިއެވެ.
ގާނޫނުގައި ބަޔާން ކުރާ ހަތް ދުވަހުގެ މުއްދަތަ ހަމަވަނީ އަންނަ އާދީއްތަ ދުވަހަށްކަން ފާހަގަކުރައްވައި ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާ ވިދާޅުވީ އެ ދުވަހު މައްސަލައިގެ ހުކުމް އިއްވުން އޮންނާނެކަމަށެވެ.
މި މައްސަލަ ބައްލަވާ ހައި ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގެންނަވަނީ ފަނޑިޔާރު ޝުއައިބްގެ އިތުރުން ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހީމާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ.
މީގެކުރިން ދެފަހަރަށް ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމުން ވެސް، ހައި ކޯޓުން ވަނީ އެ ނިންމުން ބާތިލްކޮށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ފްލެޓް ވިއްކާނެކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފިލައިގެން އުޅެނިކޮށް ހައްޔަރުކުރި އައްމަޓީގެ މައްޗަށް ޚިޔާނާތުގެ 40 އަށްވުރެ ގިނަ ދައުވާ ވަނީ އުފުލާފައެެވެ.

ކިޔުންތެރިންގެ ހިޔާލު