ސްރީލަންކާގައި ސަރުކާރާ ދެކޮޅަށް ސުލްހަވެރިކަމާމެދު ކުރަމުންދިޔަ މުޒާހަރާތައް ހޫނުވެ، ފުލުހުން މުޒާހަރާ ކޮންޓްރޯލް ކުރަނީ.
ސްރީލަންކާގައި ސަރުކާރާ ދެކޮޅަށް ސުލްހަވެރިކަމާމެދު ކުރަމުންދިޔަ މުޒާހަރާތައް ހޫނުވެ، ފުލުހުން މުޒާހަރާ ކޮންޓްރޯލް ކުރަނީ.
މިއަދު ހޫނުވި މުޒާހަރާގެ ތެރެއިން ސްރީލަންކާގެ ވެރިކަން ކުރާ ޕާޓީގެ މަޖިލީހުގެ މެމްބަރަކު އަމިއްލައަށް މަރުވެއްޖެއެވެ.

ސްރީލަންކާގެ ފުލުހުން ބުނީ ސްރީލަންކާގެ ވެރިކަން ކުރާ ޕާޓީގެ މަޖިލީހުގެ މެމްބަރު އަމަރަކީރިތި އަތުކޮރަލާ އަމިއްލައަށް މަރުވުމުގެ ކުރިން މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ބަޑިޖަހައި އެކަކު މަރާލައި އިތުރު މީހަކު ޒަހަމްކޮށްލާފައިވާކަމަށެވެ. މިހާދިސާ ހިނގާ ދިޔައީ މަޖިލީސް މެމްބަރު މުޒާހަރާގެ ތެރެއަށް ކާރުކޮޅުގައި ވަދެވަޑައިގަތުމުން، ކާރުކޮޅު ކުރިއަށް ދިއުމަށް ހުރަސްއެޅުމުންނެވެ.

މުޒާހަރާ ކުރަމުންދިޔަ މީހުންނާ ދިމާލަށް ބަޑިޖެހުމަށްފަހު މަޖިލީސް މެމްބަރު ދެން ވަޑައިގަތީ އެސަރަހައްދުގައި ހުރި އިމާރާތަކަށް ފިއްލެވުމަށް ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނީ މެމްބަރު އަމަރަކީރިތި އަތުކޮރަލާ އަމިއްލަ ހަށިކޮޅަށް ބަޑިޖެހީ، މުޒާހަރާގެ ބައިވެރިން އޭނާ ފިއްލެވުމަށް ވަޑައިގެންނެވި އިމާރާތް ވަށާލުމުންކަމަށެވެ.

ސްރީލަންކާގައި ސަރުކާރާ ދެކޮޅަށް ސުލްހަވެރިކަމާއެކު ކުރަމުންދިޔަ މުޒާހަރާތައް މިއަދު ހޫނުވީ ސްރީލަންކާގެ ރައީސަށް ސަޕޯޓު ކުރާ ފަރާތްތަކުން ލަޓި ބުރި ތަކާއެކު ނިކުމެ ސަރުކާރާ ދެކޮޅަށް ސުލްހަވެރިކަމާއެކު ކުރަމުންދިޔަ މުޒާހަރާގެ ބައިވެރިންނަށް ހަމަލާ ދޭންފެށުމުންނެވެ. މިހަމަލާތަކުގައި ވިއްސަކަށް މީހުންނަށް ވަނީ ބޮޑެތި އަނިޔާތައް ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން