ވީޒާ އެއްބަސްވުމާއެކު ކަޒަކްސްތާނާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވެފައި މިވަނީ ކުރިން ވިސާ ނެގުމެއް ނެތި ދިވެހިންނަށް ކަޒަކްސްތާނަށް ދަތުރުކުރެވޭނެ އެއްބަސްވުމެއްގައި ދެޤައުމުގެ މެދުގައި މިއަދު ސޮއިކުރުމުން އެކަން ފާހަގަ ކުރަށްވަމުންނެވެ.
ޝާހިދު ވަނީ ކަޒަކްސްތާނާއި ރާއްޖެއާއި ދެމެދު ޤާއިމްކުރެވުނު ވީޒާ ފްރީ އެގްރީމަންޓަށް މަރުހަބާ ވިދާޅުވެފައެވެ. އަދި މިކަމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން އިތުރަށް ބަދަހިވެގެންދާނޭކަމަށް ޝާހިދު ވިދާޅުވިއެވެ.
މިއަދު ސޮއި ކުރި "އެގްރިމެންޓް އޮން މިއުޗުއަލް އެގްޒެމްޝަން އޮފް ވިސާ ރިކުއަޔަރމަންޓްސް"ގެ ދަށުން ދެޤައުމުގެ ރައްޔިތުން އެއް ގައުމުން އަނެއް ޤައުމަށް ދަތުރުކުރުމުގައި، ވިސާ ނެތި 30 ދުވަހަށް އެތެރެވެވޭނެއެވެ. އަދި ޓްރާންސިޓްކުރުމުގައިވެސް މި އެއްބަސްވުމުގެ ދަށުން ވިސާ ނަގާކަށް ނުޖެހޭނެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ޚަލީލް ވަނީ، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކަޒަކްސްތާނުގެ ސަރުކާރުން ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިއަދު ސޮއިކުރި ވިސާ ވެއިވަރ އެގްރިމެންޓާއެކު ދެޤައުމުގެ ރައްޔިތުން އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކޮށް، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ.

I welcome the signing of the Visa Waiver Agreement between the #Maldives & #Kazakhstan today, allowing Maldivians to travel to Kazakhstan on 30-day visa free basis.
— Abdulla Shahid (@abdulla_shahid) May 9, 2022
This is an important milestone in 🇲🇻-🇰🇿 relations, paving the way for closer people to people contact.@MFA_KZ pic.twitter.com/dbqXIgZ6Nk
މިއަދު ސޮއި ކުރި "އެގްރިމެންޓް އޮން މިއުޗުއަލް އެގްޒެމްޝަން އޮފް ވިސާ ރިކުއަޔަރމަންޓްސް"ގެ ދަށުން ދެޤައުމުގެ ރައްޔިތުން އެއް ގައުމުން އަނެއް ޤައުމަށް ދަތުރުކުރުމުގައި، ވިސާ ނެތި 30 ދުވަހަށް އެތެރެވެވޭނެއެވެ. އަދި ޓްރާންސިޓްކުރުމުގައިވެސް މި އެއްބަސްވުމުގެ ދަށުން ވިސާ ނަގާކަށް ނުޖެހޭނެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ޚަލީލް ވަނީ، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކަޒަކްސްތާނުގެ ސަރުކާރުން ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިއަދު ސޮއިކުރި ވިސާ ވެއިވަރ އެގްރިމެންޓާއެކު ދެޤައުމުގެ ރައްޔިތުން އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކޮށް، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު