ސްރީލަންކާގެ ހާލަތު ގޯސްވެ ގިނަ ހިސާބުތަކުގައި ހަމަނުޖެހުން ހިނގަމުންދާތީ އެގައުމުގައި ދިރިއުޅެމުން އަންނަ ދިވެހި ރައްޔިތުން ސަމާލުވެ ތިބުމަށް ފޮރިން މިނިސްޓްރީން މިރޭ އިލްތިމާސް ކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ މުޅި ސްރީލަންކާ ހިމެނޭގޮތަށް މިވަގުތު ސްރީލަންކާގައި ކާފިއު އިއުލާނު ކޮށްފައިވާތީ އެކަމަށް އެގައުމުގައި ދިރިއުޅޭ ހުރިހާ ދިވެހިންވެސް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.
އަދި ސްރީލަންކާގައި ދިރިއުޅޭ، އަދި ސްރީލަންކާއަށް ދަތުރުކުރާ އެންމެހާ ދިވެހި ރައްޔިތުންވެސް، ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ސަމާލުކަން ދިނުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.
ފޮރިން މިނިސްޓްރީން ނެރުނު އިއުލާނުގައި، އެގައުމުގައި ދިރިއުޅެމުންދާ މީހުންގެ ތެރެއިން މީހަކަށް އިމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ، ހައިކޮމިޝަނުގެ ހޮޓްލައިން ނަންބަރު 0768816666 އަށް ގުޅުއްވައި އެކަމަށް ވީ އެންމެ އަވަހަކަށް ހިއްސާ ކުރުމަށް ވެސް އެދިފައި ވެއެވެ.
ލަންކާގައި ކާފިއު އިއުލާން ކޮށްފައި ވާއިރު، އެގައުމުގެ މިނިސްޓަރުންނާއި، މަޖިލިސް މެމްބަރުންގެ ގެތަކުގައި މުޒާހަރާގެ ބައިވެރިން ހުޅު ޖަހަމުންދާ ކަަމަށް ރިޕޯޓްތައް ބުނެ އެވެ. ލަންކާގެ ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލާ އެގައުމުގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ކުރާ ފަރާތްތަކުން އަންނަނީ ބޮޑެތި ހަމަނުޖެހުންތައް ހިންގަމުންނެެވެ. އެ ހަމަނުޖެހުންތަކާއި ގުޅިގެން ލަންކާގެ ސަރުކާރު ގޮތް ހުސްވެފައިވާއިރު ލަންކާގެ ބޮޑުވަޒީރު މަހެންދުރަ ރާޖަޕަކްސަ މިހާރު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެެވެ.

ކިޔުންތެރިންގެ ހިޔާލު