ވެރިކަމަށް ދަހިވެތިވުމަކީ އިންސާނުންނަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެެވެ.
ރާއްޖޭގެ މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ، ވެރިކަމަށް ދަހިވެތިވުމަކީ އިންސާނުންނަށްޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށާއި، މިބަލީގެ ނުރައްކާއޮތީ ހަމައެކަނި ބަލިމީހާއަށް އެކަނި ނޫންކަަމަށެވެ.
"އަދިކިއެއްތަ، އޭގެ ނުރައްކާތެރިކަން އެންމެންނަށް ފޯރާ. الله މިނުރައްކާތެރި ބަލިންނާއި އޭގެ އަހްލުވެރިންގެ ނުރައްކާތެރިކަމުން އަޅަމެން ސަލާމަތްކުރައްވާށި." ޑރ. އިޔާޒް ވިދާޅުވިއެވެ.
ވެރިކަމަށް ދަހިވެތިވުމަކީ އިންސާނުންނަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއްކަމަށް ޑރ. އިޔާޒް ވިދާޅުވެފައިވާއިރު ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެކަން ކުރީގެ ރައީސް، އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވުމުން އިޔާޒް ވަނީ މީގެ ކުރިިން އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ، ވެރިކަމަކީ ޝަރަފަކަށްވުރެ ރައްޔިތުން ހަވާލުކުރާ ޒިންމާ އަކާއި އަމާނާތެެއް ކަމަށެެވެ.
ޑރ. އިޔާޒު ވިދާޅުވެފައި ވަނީ ކުރިން ވެސް މުހައްމަދު ނަޝީދު ރައީސް ކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެ ޒިންމާ ދޫކޮށްލެއްވީ ކަމަށެވެ. އަދި އޭގެފަހުން ޑރ. އިޔާޒް ވަނީ ކަތިވަޅި ގެއްލި މަރިޔަބު ގެއްލުމުން ވެސް ހައްގުގެ މަގަށް ރުޖޫއަވާން ނުވޭތޯއޭ ވިދާޅުވެ ރައީސް ނަޝީދުގެ އަރިހުން ސުވާލު ކުރައްވާފައެވެ.
ޑރ. އިޔާޒް އެގޮތަށް ސުވާލުކުރެއްވީ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ތާއިދު ކުރެއްވުމަށް އެންވަރަޔަމެންޓް މިނިސްޓަރު ޝައުނާ ނިންމެވުމުން އެކަމަނާއަށް ފާޑުވިދާޅުވެ އެކަމާ މެދު ރައީސް ނަޝީދު ވަަރަށް ބޮޑަށް ކޯފާ އިސްކުރައްވައި ވާހަކަފުޅު ދެއްކެވުމުންނެެވެ.
ރައީސް ސާލިހާއި ރައީސް ނަޝީދާ ދެމެދުގައި މިހާރު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކަކީ ވެރިކަމުގެ ދަހިވެތި ކަމުގައި ހިނގާ ހަނގުރާމައެއް ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އަދި ކޮންމެ ގޮެތެއް ހަދާފައި ވެސް ރައީސް ނަޝީދު ބޭނުންފުޅު ވަނީ ވެރިކަން ކަމުގައި އެފަދަ ފަރާތްތަކުން ބުނެއެވެ.

ވެރިކަމަށް ދަހިވެތިވުމަކީ އިންސާނުންނަށްޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް.މިބަލީގެ ނުރައްކާއޮތީ ހަމައެކަނި ބަލިމީހާ އަކަށްނޫން.އަދިކިއެއްތަ,އޭގެ ނުރައްކާތެރިކަން އެންމެންނަށް ފޯރާ. الله މިނުރައްކާތެރި ބަލިންނާއި އޭގެ އަހްލުވެރިންގެ ނުރައްކާތެރިކަމުން އަޅަމެން ސަލާމަތްކުރައްވާށި.
— Dr.Mohamed Iyaz (@dr_iyaz) May 9, 2022
ވެރިކަމަށް ދަހިވެތިވުމަކީ އިންސާނުންނަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއްކަމަށް ޑރ. އިޔާޒް ވިދާޅުވެފައިވާއިރު ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެކަން ކުރީގެ ރައީސް، އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވުމުން އިޔާޒް ވަނީ މީގެ ކުރިިން އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ، ވެރިކަމަކީ ޝަރަފަކަށްވުރެ ރައްޔިތުން ހަވާލުކުރާ ޒިންމާ އަކާއި އަމާނާތެެއް ކަމަށެެވެ.
ޑރ. އިޔާޒު ވިދާޅުވެފައި ވަނީ ކުރިން ވެސް މުހައްމަދު ނަޝީދު ރައީސް ކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެ ޒިންމާ ދޫކޮށްލެއްވީ ކަމަށެވެ. އަދި އޭގެފަހުން ޑރ. އިޔާޒް ވަނީ ކަތިވަޅި ގެއްލި މަރިޔަބު ގެއްލުމުން ވެސް ހައްގުގެ މަގަށް ރުޖޫއަވާން ނުވޭތޯއޭ ވިދާޅުވެ ރައީސް ނަޝީދުގެ އަރިހުން ސުވާލު ކުރައްވާފައެވެ.
ޑރ. އިޔާޒް އެގޮތަށް ސުވާލުކުރެއްވީ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ތާއިދު ކުރެއްވުމަށް އެންވަރަޔަމެންޓް މިނިސްޓަރު ޝައުނާ ނިންމެވުމުން އެކަމަނާއަށް ފާޑުވިދާޅުވެ އެކަމާ މެދު ރައީސް ނަޝީދު ވަަރަށް ބޮޑަށް ކޯފާ އިސްކުރައްވައި ވާހަކަފުޅު ދެއްކެވުމުންނެެވެ.
ރައީސް ސާލިހާއި ރައީސް ނަޝީދާ ދެމެދުގައި މިހާރު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކަކީ ވެރިކަމުގެ ދަހިވެތި ކަމުގައި ހިނގާ ހަނގުރާމައެއް ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އަދި ކޮންމެ ގޮެތެއް ހަދާފައި ވެސް ރައީސް ނަޝީދު ބޭނުންފުޅު ވަނީ ވެރިކަން ކަމުގައި އެފަދަ ފަރާތްތަކުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު