އެއް އާއިލާއެއްގެ ހަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ހައްޔަރު ކުރި މީހާ ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.
މާލެ ސަރަހައްދުގައި އެއް އާއިލާއެއްގެ ހަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 55 އަހަރުގެ ފިރިހެނެކެެވެ. މިދިޔަ މަހުގެ ނުވަވަނަ ދުވަހު އެމީހާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.
ފުލުހުންގެ އިދާރާއިން ބުނީ މާލެ ސަރަހައްދުގައި ކުޑަކުދީންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިދިޔަ މާޗް މަހު އެ އިދާރާއަށް ހުށައަޅާފައިވާ ކަމަށެވެ. އެ ކުދީންނަށް ޖިންސީ ގޯނާ ކުުރުމުގެ ތުހުމަތު އޮތީ އިތުބާރު ހުރި މަގާމެއްގައި ހުރި މީހެއް ކަމަށް ފުލުހުން ބުނެ އެވެެ. އެ މީހާގެ ބަންދަށް ފުރަތަމަ ދިން 30 ދުވަހުގެ މުއްދަތު ހަމަވުމުން މުއްދަތު މަޖިލީހަށް ހާޒިރުކުރުމުން ޝަރުތުތަކަކާއެކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު