ރާއްޖޭގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ދައުލަތުގެ މީޑިއާގެ ޗެނަލްތަކުން މާދަމާ ގެނެސްދޭ ހަބަރާއި ޕްރޮގްރާމްތައް ކުޑަކުދިން ހުށަހަޅާ ގޮތަށް ހަމަޖައްސައިފިއެވެ.
ކޮންމެ އަހަރެއްގެވެސް މޭމަހުގެ 10 ވަނަ ދުވަހަކީ ރާއްޖޭގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަހެވެ.
1992 އިން ފެށިގެން އެތައް އަހަރެއްވަންދެން ދައުލަތުގެ މީޑިއާއިން ދިޔައީ ބައިނަލްއަޤުވާމީ ކުޑަކުދިންގެ ބްރޯޑްކާސްޓްކުރުމުގެ ދުވަސް ފާހަގަކުރަމުންނެވެ. އެހެންނަމަވެސް މިކަން މެދުކެނޑިފައި އޮތުމަށްފަހު ރައީސް ޔާމީންގެ ވެރިކަމުގައި ދައުލަތުގެ މީޑިއާއިން 2016 ވަނަ އަހަރު އަލުން އެ ދުވަސް ފާހަގަކުރަން ވަނީ ފަށާފައެވެ.
5 މާޗަކީ ކުޑަކުދިންގެ ބްރޯޑްކާސްޓްކުރުމުގެ އިންޓަރނޭޝަނަލް ދުވަހަށްވީނަމަވެސް، ރާއްޖޭގައި މިދުވަސް ފާހަގަކުރަމުން އަންނަނީ މޭ 10 ގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެނެވެ.
ޕީއެސްއެމްގެ އޮފިޝަލަކު ވިދާޅުވީ ދައުލަތުގެ މީޑިއާގެ ޓީވީ ޗެނަލްތަކާއި ރޭޑިއޯ ޗެނަލްތަކުން މާދަމާ ގެނެސްދޭ ހަބަރާއި ޕްރޮގްރާމްތައް ހުށަހަޅައިދޭނީ ކުޑަކުދިންކަމަށެވެ. އަދި ހަބަރުތަކާއި ޕްރޮގްރާމްތައް ތައްޔާރުކުރުމުގައިވެސް އެކުދިންގެ ބޮޑު ހިއްސާއެއް އޮންނާނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ޕީއެސްއެމުން މާދަމާގެ ހަބަރުތަކާއި ޕްރޮގްރާމްތައް ގެނެސްދޭނީ މާލޭގެ ސްކޫލްތަކުން ހޮވާލެވުނު 23 ކުދިންނާއެކު ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު