2021 ވަނަ އަހަރު ޕެންޝަން ފަންޑަށް އިންވެސްޓްމަންޓް ފައިދާގެ ގޮތުގައި 625 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ޕެންޝަން އޮފީހުގެ އަހަރީ ރިޕޯރޓުގައި ބުނެފިއެވެ.
ޕެންޝަން އޮފީހުގެ އަހަރީ ރިޕޯޓު އާންމު ކޮށްފައިވާއިރު، އެ ރިޕޯޓުގައި ބުނެފައިވާގޮތުގައި، މިދިޔަ އަހަރު އިންވެސްޓްމަންޓް ފައިދާގެ ގޮތުގައި ލިބުނު 625 މިލިއަން ރުފިޔާއަކީ ފާއިތުވި 2020 ވަނަ އަހަރުގެ ފައިދާއަށްވުރެ 11.6 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއީ ކޮވިޑް-19 ގެ ކުރިން އެފަންޑުގެ ފައިދާއިން އަހަރަކަށް ޖެހޭ އެވްރެޖް 5 އިންސައްތައަށް ވުރެ ވެސް މަތީ އަދަދެކެވެ.
ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ކޮންޓްރިބިއުޝަން ކަލެކްޝަންސް (ޕެންޝަނުގެ ގޮތުގައި އެކި ފަރާތްތަކުން ދައްކާ ފައިސާ) ގެ ގޮތުގައި ޖުމްލަ 1.2 ބިލިޔަން ރުފިޔާ ފަންޑަށް ޖަމާކުރެވުނުކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން ވެސް ރިޕޯޓުގައި ބުނެފައިވަނީ، 2021 ވަނަ އަހަރަކީ ޕެންޝަން އޮފީހުން ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ އަހަރެއްކަމަށެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ ކަމެއްގެ ގޮތުގައި ރިޕޯޓުގައި ބުނެފައިވަނީ، ރާއްޖޭގެ ފުރަތަމަ ފުލީ ޑިޖިޓަލް ކަސްޓަމަރ ސަރވިސަސް ޕޯރޓަލްގެ ގޮތުގައި އެ އޮފީހުގެ ކޮށާރު ޕޯރޓަލް އިފްތިތާހުކޮށް ހުރިހާ ހިދުމަތެއް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.
ރާއްޖޭގެ ޕެންޝަނާއިބެހޭ އެންމެހާ މަސައްކަތްތައް ބަލަހައްޓާ އިދާރާކަމަށްވާ ޕެންޝަން އޮފީހުން ކުރިޔަށް އޮތް 3 އަހަރުތެރޭ އާ ހިދުމަތްތަކެއް ތައާރަފު ކުރުމަށް ތައްޔާރުވަމުން ދާކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ޕެންޝަން ފަންޑަށް ވަޒީފާ ދޭ ފަރާތުން މަދުވެގެން ހަތް ޕަސެންޓް ޖަމާކުރަން ޖެހެއެވެ. އަދި ވަޒީފާ އަދާކުރާ މީހާގެ މުސާރައިން ހަތް ޕަސެންޓާއެކު ޖުމްލަ 14 ޕަސެންޓް ޕެންޝަން ފަންޑަށް ޖަމާކުރެއެވެ. އަދި ޖަމާކުރާ ފައިސާއިން ބައެއް ފައިސާ ޕެންޝަން އޮފީހުން އެކިއެކި ދާއިރާތަކަށް އިންވެސްޓް ކޮށްގެން އާމްދަނީ އިތުރުކޮށް ބަހަމުން ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު