ރައްޔިތުންގެމަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނު "އުފައްދަވާ" ހަގީގަތާ ހިލާފު ވާހަކަތަކުން "ކޮންފިއުޒް" ވާކަމަށް އެމްޑީޕީއަށް ނިސްބަތްވާ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.
އިކްރާމް މިހެން ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާ ދިން މައްސަަލައިގައި ހައްޔަރުކުރި އަހުމަދު ފާތިހު އޭރު ހުރީ ފުލުހުންގެ ވަޒީފާގައި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް ފުލުހުން ނެރުނު ބަޔާނަކާއި ގުޅިގެންނެެވެ. ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓާ އެކައުންޓެއްކަމަށް ބުނާ އެކައުންޓަކުން ކުރި ޓްވީޓެއްގައި ބުނީ ފާތިހަކީ ފުލުހުންގެ ތެރޭގައި އުޅުނު މީހެއް ކަމަށާއި، އޭނާ ފުލުހުންގެ އިދާރާއިން ވަކިކުރީ ހަމަލާއަށް ފަހު ކަމަށެވެ.
އެެހެންނަމަވެސް ފުލުހުން ރޭ ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ. މިކަމާ ގުޅިގެން ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާއިމެދު ކަންބޮޑުވުން ނެތް އަދި އެކަން ކުށްވެރިނުކުރާ އެއްވެސް މީހަކު މަޖިލީހުގައި ވެސް އަދި ސަރުކާރުގައި ވެސް ހުންނާނެ ކަމަށް ގުބޫލުނުކުރަށްވާ ކަމަށެވެ. އިކްރާމް ވިދާޅުވީ ފުލުހުންގެ ތެރޭގައި ބަޔަކު ގޯސްތަކެއް ހެދިނަމަވެސް މުޅި މުއައްސަސާގެ އިތުބާރު ގެއްލޭފަދަ ވާހަކަ ވަރަށް ބޮޑަށް ޔަގީންވެ ކަށަވަރު ވެގެން ނޫނީ ދެއްކުމަކީ ޒިންމާދާރު ބޭފުޅަކު ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ. އަަދި އޭގެ ނޭދެވޭ އަސަރު މުޅި ގައުމަށް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފާތިހަކީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ހައްޔަރުކުރި ހަތަރު ވަނަ މީހާ އެވެ. އޭނާގެ މައްޗަށް ފުލުހުން ކޮށްފައިވަނީ ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި ދެން އުޅުނު މއ. ފޭރުގޭ މުޖާޒް އަހުމަދު ސައިކަލުގައި ގެންދިޔަ ކަމުގެ ތުހުމަތެވެ. އޭނާއަކީ ފުލުހުންގެ އިންޓެލްގެ ވަޒީފާގައި ކުރިން އުޅުނު މީހެކެެވެ.
ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި އުމުރުން 23 އަހަރުގެ ފާތިހު ހައްޔަރުކުރީ ބ. ދަރަވަންދޫންނެވެ. އޭނާގެ މައްޗަށް ދައުވާ ކުރަން ފުލުހުން ޕީޖީއަށް ފޮނުވުމުން ދައުވާއެއް ސާބިތުކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާ ނުކުރުމަށް ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.
ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓާ އެކައުންޓުން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އެމައްސަލައިގައި ދައުވާ ނުކޮށް ދޫކޮށްލާފައިވާ ފާތިހަކީ ބޮން ގޮއްވާލި މީހާ، އަދްހަމް އެކަންކޮށްފައި މާފަންނު ބޮނޑިބަތް ޕާކަށް ދިއުމުން އޭނާއަށް އެހެން ގަމީހެއް ގެނެސްދިން ސައިކަލްގެ ފަހަތުގައި އިން މީހާ ކަމަށެވެ. ހަމަލާ ތަހުގީގަށް ރައީސް ސާލިޙާއި މަޖިލީހުގެ އެމްޑީޕީގެ ޑެޕިއުޓީ ލީޑަރު އަދުން ހުސެއިން ހުރަސް އަޅުއްވާ ކަމަށް ރައީސް ނަޝީދު ވަނީ ތުހުމަތުކުރައްވާފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ ވާހަކައާއި އެކަމާއި ގުޅިގެން ރައީސް ނަޝީދު ކުއްލިއަކަށް އިތުރު ތުހުމަތުތަކެއް ފެންމަތިކޮށް އެވާހަކަ މާ ގަދައަށް ދައްކަވަން ފަށްޓަވާފައި މިވަނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅިގެން ޕާޓީ ދެ ފެކްޝަނަކަށް ބެހި ނަފުރަތުގެ ހުޅު ރޯވެފައިވާ ދަނޑިވަޅެއްގައެވެެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ރައީސް ނަޝީދު ކުއްލިއަކަށް ހަމަލާގެ ވާހަކަ ދައްކަވައި އެކަން ރައީސް ޞާލިހާއި އެމްޑީޕީގެ ދެފެކްޝަނުގެ މެންބަރުންގެ ތެރެއިން ސަރުކާރަށް ތާއީދުކުރާ މެންބަރުންގެ ބޮލުގައި އަޅުވައިގެން ވާހަކަ ތަކެއް ދައްކަވަން ފެއްޓެވީ އެމްޑީޕީގެ މެންބަރުން ޖަޒުބާތުގައި ޖައްސައި ރައީސް ނަޝީދު ތާއީދު ކުރަށްވާ ގޮތަށް ވޯޓު ހޯއްދެވުމަށް ކަމަށެވެ. އަދި މިއީ ރައީސް ޞާލިހުގެ ތާއީދާއެކު އިންތިހާބުގައި ވާދަކުރަށްވާ ފައްޔާޒު އިސްމާއީލް އިންތިހާބު ކާމިޔާބު ކުރަށްވާނެކަން ކަށަވަރު ވުމުން އެމަނިކުފާނު ކުޅުއްވާ އެންމެ ފަހުގެ "ކުޅި" ކަމަށް އެފަދަ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު