އެއް އާއިލާއެއްގެ ހަ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހާ ދޫކޮށްލައިގެން ފާޑު ކިޔުން އަމާޒުވުމުން އޭނާ އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

މާލެ ސަރަހައްދުގައި އެއް އާއިލާއެއްގެ ހަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 55 އަހަރުގެ ފިރިހެނެކެެވެ. މިދިޔަ މަހުގެ ނުވަވަނަ ދުވަހު އެމީހާ ފުރަތަމަ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.

އެ މީހާގެ ބަންދަށް ފުރަތަމަ ދިން 30 ދުވަހުގެ މުއްދަތު ހަމަވުމުން މުއްދަތު މަޖިލީހަށް ހާޒިރުކުރުމުން ޝަރުތުތަކަކާއެކު ވަނީ ދޫކޮށްލާފައެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ކަމާއި ބެހޭ ފަރާތްތަކަށް އަމާޒުކޮޒް ފާޑު ކިޔަމުންނެވެ.

މިކަމާއި ގުޅިގެން ފުލުހުން މިއަދު ބުނީ މާލެ ސަރަހަދުގައި ކުޑަކުދިންތަކަކަށް، އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ގިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ހައްޔަރުކުރި 55 އަހަރުގެ މީހާ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައިކަމަށެވެ.

މިމައްސަލަ އާއްމުންގެ ސަމާލުކަމަށް އައިސްފައިވާއިރު މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާނެ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްވެސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު