މ. އަތޮޅު ކޮޅުފުށީ ކައިރީގައި އޮތް ދެ ދޯންޏެއް ކައިރިކޮށްގެން އުޅުމުގެ ތެރޭގައި، އެ ދެ ދޯނީގެ ދޭތެރޭ ފިތިގެން މީހަކު ނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މ. އަތޮޅު ކޮޅުފުށީ ކައިރީގައި ދެ ދޯނި ކައިރިކޮށްގެން އުޅެނިކޮށް ދެ ދޯނި ދޭތެރޭ މީހަކު ފިތިފައިވާ ކަމުގެ މައުލޫމާތު މިއަދު 16:41 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މިހާދިސާގައި އަނިޔާވި މީހާ ފަރުވާ ދިނުމަށް މުލީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ކޮންރަށެއްގެ ކާކުކަމެއް އަދި ސާފުވެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު