އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕޭނަށް ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމުން އެނގިވަޑައިގެންނެވީ ރައްޔިތުން ތިބީ ސަރުކާރާއި އެކުގައިކަން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެއެވެ.
ކެމްޕޭނަށް އަތޮޅުތަކަށް ފެއްޓެވި ދަތުރުތަކުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި މިއަދު އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ ފައްޔާޒު އިސްމާއިލާއި އަންހެނުން ގޮފީގެ ރައީސް ކަމަށް ވާދަކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ ތ. ބުރުންޏަށް ވަޑައިގެންފައެވެ. އެރަށުން ގިނަ ބަޔަކު ވަނީ އެ ދެބޭފުޅުންނަށް ވަރަށް ހޫނު މަރުހަބާ އެއް ކިޔާފައެވެ.
އަންހެނުން ގޮފީގެ ރައީސް ކަމަށް ވާދަކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ކެމްޕޭންގައި ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށައް ޒިޔާރަތް ކުރުމުން ވެސް ރައްޔިތުން ތިބީ ސަރުކާރާއެކުގައިކަން ހާމަވެފައިވާ ކަމަށެވެ. ކެމްޕޭން ދަތުރުތަކުން އެނގުނީ އެމްޑީޕީ "ހިންގާލަން" ޕާޓީގެ މެމްބަރުން ބޭނުންވެފައިވާ މިންވަރު ކަމަށާއި، ޕާޓީގެ މެމްބަރުން ތިބީ ސަރުކާރާއެކު މަސައްކަތް ކުރަން ތައްޔާރަށް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
"ކެމްޕޭން ދަތުރުތަކުން އެނގުނީ 2023 ގައި އެމްޑީޕީގެ ވެރިކަމެއް ބޭނުންވާ ކަން." ޗެއާޕާސަން ކަމަށް ފައްޔާޒު އިސްމާއިލަށް ވޯޓުދިނުމަށާއި އަންހެނުންގެ ގޮފީގެ ރައީސް ކަމަށް އޭނާއަށް ވޯޓް ދޭން އެދިވަޑައިގެން ރޮޒައިނާ ވިދާޅުވިއެވެެ.
ކެމްޕޭންގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ތ. ބުރުންޏަށް ވަޑައިގަތުމަށްފަހު ރޮޒައިނާ ވިދާޅުވީ ތ. އަތޮޅު ވެސް އޮތީ އެމްޑީޕީ ހިންގާލަން ވަރަށް ބޭނުންވެފައި ކަމަށެވެ. ރޮޒައިނާ ވަނީ އެމްޑީޕީގެ މެމްބަރުންގެ ފަރާތުން ލިބުނު ތާއިދަށް ޝުކުރު އަދާކުރައްވާފައެވެ.
"ތ. އަތޮޅު ވެސް އޮތީ އެމްޑީޕީ ވަރަށް ހިންގާލަން ބޭނުންވެފައި، އަދި 2023 އަށް އެމްޑީޕީގެ ހަރުގެތައް ހިންގާލާ ޖަލްސާތައް ބާއްވަން ތައްޔާރަށް." ރޮޒައިނާ ވިދާޅުވިއެެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ފައްޔާޒާއި ދެން ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވެސް މިހާރު ވަނީ ކެމްޕޭންގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންފައެވެެ.

Burunee - enme fahu rah, 187 vana rah.
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) May 10, 2022
Raajjeyga meehun dhiri ulhey hurihaa rashakah dhathurukurumun enguny #MDPhingaalan MDP membarun beynunvaakan. Sarukaara eku masakkaiy kuran beynun vaakan, 2023 ga MDP verikameh beynunvaakan.
May 14 ga 2 kah vote dhevva!#Faya4CP#Rozey4ARR pic.twitter.com/ElGgN7bNqo
"ކެމްޕޭން ދަތުރުތަކުން އެނގުނީ 2023 ގައި އެމްޑީޕީގެ ވެރިކަމެއް ބޭނުންވާ ކަން." ޗެއާޕާސަން ކަމަށް ފައްޔާޒު އިސްމާއިލަށް ވޯޓުދިނުމަށާއި އަންހެނުންގެ ގޮފީގެ ރައީސް ކަމަށް އޭނާއަށް ވޯޓް ދޭން އެދިވަޑައިގެން ރޮޒައިނާ ވިދާޅުވިއެވެެ.
ކެމްޕޭންގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ތ. ބުރުންޏަށް ވަޑައިގަތުމަށްފަހު ރޮޒައިނާ ވިދާޅުވީ ތ. އަތޮޅު ވެސް އޮތީ އެމްޑީޕީ ހިންގާލަން ވަރަށް ބޭނުންވެފައި ކަމަށެވެ. ރޮޒައިނާ ވަނީ އެމްޑީޕީގެ މެމްބަރުންގެ ފަރާތުން ލިބުނު ތާއިދަށް ޝުކުރު އަދާކުރައްވާފައެވެ.
Mi campaign ga dhiya enme fahu atholhu, Thaa atholhuge MDP membarun ge faraathun libunu loaibaa support ah v bodah shukuriyya!
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) May 10, 2022
Thaa atholhu ves othee #MDPHingaalan v beynun vefe. Adhi 2023 ah MDP harugethah hingaalaa jalsa thah baavvan fashan thayyaarah! #Faya4CP#Rozey4ARR pic.twitter.com/z3fldJ8wxW
"ތ. އަތޮޅު ވެސް އޮތީ އެމްޑީޕީ ވަރަށް ހިންގާލަން ބޭނުންވެފައި، އަދި 2023 އަށް އެމްޑީޕީގެ ހަރުގެތައް ހިންގާލާ ޖަލްސާތައް ބާއްވަން ތައްޔާރަށް." ރޮޒައިނާ ވިދާޅުވިއެެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ފައްޔާޒާއި ދެން ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވެސް މިހާރު ވަނީ ކެމްޕޭންގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންފައެވެެ.
ކިޔުންތެރިންގެ ހިޔާލު