އަންނަ ޖޫން މަހުގެ ތެރޭގައި އައްޑުއަތޮޅު ފޭދޫއިން ބިން ދޫކުރުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް އެ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ފޭދޫ ދާއިރާ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ، ފޭދޫއިން ބިން ދޫކުރުމަކީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ މުހިންމު ކަމެއް ކަމަށެވެ. އަންނަ ޖޫން މަހުގެ ތެރޭގައި ފޭދޫއިން ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާތީ ނިހާދު ވަނީ އައްޑޫ ސިޓީ ކައުންސިލުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް އުފަލާއެކު ބަލައިގަންނަ ކަމަށް ވިދާޅުވެ މޭޔަރު އަލީ ނިޒާރަށް ޝުކުރު އަދާކުރައްވާފައެވެ.
"ރަސްއޮންލައިން" އަށް މިރޭ މައުލޫމާތު ދެއްވަމުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ ފޭދޫ އިން ގޯތި ދޫކުރުމުގެ ފުރަތަމަ ބުރުގައި 400 ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
"މިހާރުވެސް 75 ހައުސިން ޔުނިޓް އަޅަން ބިޑް ކޮށްފަައިވަނީ، މިއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްވާނެ،" ނިހާދު ވިދާޅުވިއެވެ.
ފޭދު އަކީ މިހާރު ބިމުގެ ދަތިކަން ހައްލުކުރަން ވަށައިގެން ބިން ވެސް ހިއްކާފައިވާ އަވަށެކެވެ. އެ ބިން ހިއްކާފައިވަނީ ރައީސް ޔާމިންގެ ސަރުކާރުގައެވެ. ރައީސް ސާލިޙުގެ ސަރުކާރުން މީގެ ކުރިން ވަނީ އައްޑޫގައި 200 ފްލެޓް އަޅަން ނިންމައި، އެ މަސައްކަތް ވެސް ބީލަމަށް ލާފައެވެ.

#AdduCity #Feydhoo in boahiyaavahi kamah bin dhookurumah council in kuraa masakkaih ufalaai eku balaigannan! June 2022 gai ekamuge amalee masakkaih fesheyne! Inshaa Allah
— Feydhoo Meehaa (Mohamed Nihad) (@nihad_m) May 10, 2022
Shukuriyyaa @DhekunuNizar @maldivesfaisal @SalmaAminath
"ރަސްއޮންލައިން" އަށް މިރޭ މައުލޫމާތު ދެއްވަމުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ ފޭދޫ އިން ގޯތި ދޫކުރުމުގެ ފުރަތަމަ ބުރުގައި 400 ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
"މިހާރުވެސް 75 ހައުސިން ޔުނިޓް އަޅަން ބިޑް ކޮށްފަައިވަނީ، މިއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްވާނެ،" ނިހާދު ވިދާޅުވިއެވެ.
ފޭދު އަކީ މިހާރު ބިމުގެ ދަތިކަން ހައްލުކުރަން ވަށައިގެން ބިން ވެސް ހިއްކާފައިވާ އަވަށެކެވެ. އެ ބިން ހިއްކާފައިވަނީ ރައީސް ޔާމިންގެ ސަރުކާރުގައެވެ. ރައީސް ސާލިޙުގެ ސަރުކާރުން މީގެ ކުރިން ވަނީ އައްޑޫގައި 200 ފްލެޓް އަޅަން ނިންމައި، އެ މަސައްކަތް ވެސް ބީލަމަށް ލާފައެވެ.
ކިޔުންތެރިންގެ ހިޔާލު