ރާއްޖޭގެ ޖަލުތަށް ބޮޑުކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް، ރައީސް އަބުދު ﷲ ޔާމިން ވިދާޅުވުމުން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އެމަނިކުފާނަށް ރައްދު ދެއްވައިފި އެވެ.
ޔުމްނާ މިހެން ވިދާޅުވީ ރާއްޖޭގެ ޖަލުތައް ބޮޑުކުރަންޖެހޭ ކަމަށް ވިދާޅުވެ އެކަމަނާ ބޮޑުބޭބެ ވިދާޅުވާ ރައީސް އަބުދު ﷲ ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވަމުންނެވެ. ވިލިމާލޭ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ޕީޕިއެމްގެ ޓިކެޓްގައި ވާދަކުރާ ފާތިމަތު ނާޒިމާގެ ކެމްޕޭން ޖަލްސާގައި އިއްޔެ ހަވީރު ވާހަކަފުޅު ދައްކަވަމުން ރަައީސް ޔާމިން ވިދާޅުވީ، ރާއްޖޭގެ ޖަލުތަށް ބޮޑުތަނުން ބޮޑުކުރަންޖެހޭ ކަމަށެވެ.
"ޖަލުތައް ބޮޑުކުރަންޖެހޭ އެބަ، ޖަލުތައް ބޮޑުކުރަންޖެހޭ ސަބަބު މިއީ އެއީ ދިވެހި ރާއްޖެ އެބަޖެހޭ މިހުރިހާ ކަމަކުން ސާފުތާހިރުކޮށް ތާޙިރު ކޮށްލަން އެބަޖެހޭ ހަަމަ ބޮޑުތަނުން ޕާޖް ކޮށްލަން އެބަޖެހޭ." އެމަނިކުފާނަށްހުކުމް ކުރި މިހާރުގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަލީ ރަޝީދު ޖަލަށްލާނެ ކަމުގެ އިންޒާރު ދެއްވަމުން ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމިންގެ ވާހަކަފުޅާއި ގުޅިގެން ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވަނީ ޖަލުތައް ބޮޑުކުރަނީ ހުރިހާ ރައްޔިތުން ޖަލަށްލާންތޯ ސުވާލު ކުރައްވާފައެވެ.
"ކުރީގައި މީހުން ޖަލަށްލި ވަރުގެ މަދީ ދެއްތޮ؟" ބައްޕާފުޅު ރައީސް މައުމޫނާއި ފިރިކަލުން ނަދީމާ ބޭބެ ފާރިޝް މައުމޫން ހިމެނިވަޑައިގަންނަވާ ގޮތަށް ސިޔާސީ ހުރިހާ ލީޑަރުންނާއެކު ގިނަ ބަޔަކު ރައީސް ޔާމިންގެ ވެރިކަމުގައި ޖަލަށް ލާފައިވާތީ އެކަމަށް އިޝާރަތް ކުރައްވަމުން ޔުމްނާ ވިދާޅުވިއެވެ.
ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ ވެރިކަމުގައި އެއްބަފާ ބޭބޭފުޅު ރައީސް މައުމޫން 8 މަސް ދުވަހު ޖަލުގައި ވަނީ ބަހައްޓާފައެވެެ. ރައީސް ޔާމިން އިއްޔެ ވިދާޅުވީ ރައީސް މައުމޫން ޖަލަށް ލާން ނިންމީ އެމަނިކުފާނު ނޫން ކަމަށާއި އެއީ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީގެ ނިންމުމެއް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ މައުމޫން ހައްޔަރު ކުރީ ކުށެއް ނުކުރައްވާ ހުންނަވަނިކޮށް ނޫން ކަމަށެވެ. އެމަނިކުފާނު ހައްޔަރު ކުރީ ސުޕްރީމް ކޯޓްގެ ތެރެއިން ދައުލަތް ވައްޓާލަން މަސައްކަތް ކުރެއްވުމުގެ ތެރޭގައި އެންމެ އިސް މޭސްތިރިއަކަށް ހުންނެވުމުން މަޖުބޫރުވެވަޑައިގެން ކަމަށް ރައީސް ޔާމިން ވިދާޅުވިއެެވެެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ނާއިބު ރައީސަކަށް ހުންނެވި އަހުމަދު އަދީބާއި އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އޭރުގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ރަައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމާއި ގާސިމްގެ ދަރިކަލުން އިބްރާހިމް ސިއާދު ގާސިމާއި އޭރުގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ މެންބަރުންނާއި ވަރަށް ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން ވަނީ ޖަލަށް ލާފައެވެ.

ޖަލުތަށް ބޮޑުކޮށް ހުރިހާ ރައްޔިތުން ޖަލަށްލާނީ ދެއްތޯ؟ ކުރީގައި ޖަލަށް ލެވުނުވަރު މަދީ ދެއްތޯ؟ https://t.co/HAjYjfx5Vl
— Yumna Maumoon 🇲🇻 🤝🇵🇸 (@yumna_maumoon) May 10, 2022
"ކުރީގައި މީހުން ޖަލަށްލި ވަރުގެ މަދީ ދެއްތޮ؟" ބައްޕާފުޅު ރައީސް މައުމޫނާއި ފިރިކަލުން ނަދީމާ ބޭބެ ފާރިޝް މައުމޫން ހިމެނިވަޑައިގަންނަވާ ގޮތަށް ސިޔާސީ ހުރިހާ ލީޑަރުންނާއެކު ގިނަ ބަޔަކު ރައީސް ޔާމިންގެ ވެރިކަމުގައި ޖަލަށް ލާފައިވާތީ އެކަމަށް އިޝާރަތް ކުރައްވަމުން ޔުމްނާ ވިދާޅުވިއެވެ.
ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ ވެރިކަމުގައި އެއްބަފާ ބޭބޭފުޅު ރައީސް މައުމޫން 8 މަސް ދުވަހު ޖަލުގައި ވަނީ ބަހައްޓާފައެވެެ. ރައީސް ޔާމިން އިއްޔެ ވިދާޅުވީ ރައީސް މައުމޫން ޖަލަށް ލާން ނިންމީ އެމަނިކުފާނު ނޫން ކަމަށާއި އެއީ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީގެ ނިންމުމެއް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ މައުމޫން ހައްޔަރު ކުރީ ކުށެއް ނުކުރައްވާ ހުންނަވަނިކޮށް ނޫން ކަމަށެވެ. އެމަނިކުފާނު ހައްޔަރު ކުރީ ސުޕްރީމް ކޯޓްގެ ތެރެއިން ދައުލަތް ވައްޓާލަން މަސައްކަތް ކުރެއްވުމުގެ ތެރޭގައި އެންމެ އިސް މޭސްތިރިއަކަށް ހުންނެވުމުން މަޖުބޫރުވެވަޑައިގެން ކަމަށް ރައީސް ޔާމިން ވިދާޅުވިއެެވެެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ނާއިބު ރައީސަކަށް ހުންނެވި އަހުމަދު އަދީބާއި އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އޭރުގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ރަައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމާއި ގާސިމްގެ ދަރިކަލުން އިބްރާހިމް ސިއާދު ގާސިމާއި އޭރުގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ މެންބަރުންނާއި ވަރަށް ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން ވަނީ ޖަލަށް ލާފައެވެ.
ކިޔުންތެރިންގެ ހިޔާލު