ހުޅުމާލެ ފުރަތަމަ ފޭސްގެ 7 ބިމެއްގައި މިކްސް ޔޫސް އެޕާޓްމެންޓް ބިލްޑިންތަކެއް އަޅައިދޭނެ ފަރާތްތަކެއް ހޯދަން ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކޮށްފިއެވެ.
އެޗްޑީސީން ބުނީ މިއީ މެދު ފަންތީގެ އާމްދަނީ ލިބޭ މީހުންނަށް ހާއްސަކޮށްގެން އިމާރާތްކުރާ ފްލެޓްތަކެއްކަމަށެވެ.
އެޗްޑީސީން މިކްސް ޔޫސް އެޕާޓްމެންޓް ބިލްޑިންތަކެއް އެޅުމަށް އިއުލާންކުރި ފޭސް 1ގެ ހަތް ބިމަކީ 26،400 އަކަފޫޓާއި 34،300 އަކަފޫޓުގެ ހަތް ބިމެކެވެ.
އެ ބިންތަކަކީ ވެމްކޯ ކުނިކޮށި ކައިރިން އެޕޯލޯ ޓަވަރުތަކާއި ޖެހިގެން ފިތުރޯނު މަގާއި ކުރެދިމާ ހިނގުން ގުޅޭ ކަންމައްޗަށް ވާ ގޮތަށް އޮތް ހަތަރު ބިމަކާއި ސެންޓްރަލް ޕާކު ކައިރިން ރެއިންކްރެސްޓް ޓަވަރުތަކުގެ ކުރިމައްޗަށް ރީތިގަސްމަގަށް ވާ ގޮތަށް އޮތް 3 ބިމެވެ.
އެ ބިންތަކުގައި އެޗްޑީސީން އަޅަން ނިންމާފައިވަނީ 14 ފަންގިފިލާގެ ޓަވަރުތަކެއްކަމަށް އެޗްޑީސީން ބުނެއެވެ. އެ ޓަވަރުތަކުގައި މީހުން ދިރިއުޅެން ދެ ކޮޓަރިއާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެއް ހަދާއިރު، ދެ ކޮޓަރީގެ އެޕާޓްމެންޓްތަކުގައި 700 އަކަފޫޓު ހުންނާނެއެވެ، އަދި ތިން ކޮޓަރީގެ ތަންތަނުގައި 900 އަކަ ފޫޓު ހުންނާނެއެވެ.
އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނީ ދެ ކޮޓަރީގެ އެޕާޓްމެންޓްތަކުގެ 60 ޕަސެންޓް ތަންތަނުގެ އަގު 1.5 މިލިއަން ރުފިޔާގައި ހިފަހައްޓަން ވާނެ ކަމަށާއި އަދި އަގު ހިފެހެއްޓިފައިވާ ތިން ކޮޓަރީގެ ތަންތަން 2.5 މިލިއަނަށްވުރެ ބޮޑު އަގުގައި ވިއްކައިގެން ނުވާނެކަމަށެވެ.
އެ ހަތް ބިމުގައި އަޅާ އިމާރާތްތަކަކީ ތިން އަހަރު ދުވަސް ތެރޭ ނިންމަން ހަވާލުކުރާ ތަންތަންކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑިސީގެ ހާއްސަ ޕޯޓަލް މެދުވެރިކޮށް މިމަސައްކަތަށް ޕްރޮޕޯސަލް ބަލައިގަންނަން ފަށާނީ ޖޫންމަހުގެ 6 ވަނަ ދުވަހުން ފެށިގެން އެމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު