ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކަނޑުތައް ގަދަވާނެތީ ސަމާލުވާން އިލްތިމާސްކޮށްފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް، މިއަދު ހެނދުނު 11:00 އިން ފެށިގެން ހަވީރު 5:00 އަށް ވައިޓް އެލާޓް ނެރެފައެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނީ އެ ސަރަހައްދުތަކުގެ ރަށްތަކަށް ގަޑިއަކު 10 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނޭކަމަށެވެ.



ރާއްޖެއަށް މިދުވަސްވަރު މޫސުން ގޯސްވެފައިވާއިރު، މިއަހަރުގެ މޭމަހުގައި އެންމެ އުތުރު އަތޮޅުތަކަށް އާންމުކޮށް ވެހޭ ވަރަށްވުރެ ވާރޭވެހުން އިތުރުވާނެ ކަމަށް ބެލެވޭކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. އަދި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އާންމުކޮށް ވެހޭވަރަށް ވާރޭވެހޭނެ ކަމަށް ބެލެވޭކަމަށާއި ނަަމަވެސް އެެހެން ހިސާބުތަކަށް ވާރޭވެހޭ މިންވަރު ކުޑަތަންކޮޅެއް މަދުވާނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާއި ބެހޭ އިދާރާއިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު