އިހަވަންދޫ ބަނދަރު ތަރައްޤީކުރުމުގެ ބޮޑު ބައެއް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 88 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި ބޭރުތޮށީގެ ވޭރިއޭޝަން މަސައްކަތްތަކުގެ 95 ޕަސެންޓް ވަނީ ނިމިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސިން ބުނީ މި ޕްރޮޖެކްޓަށް ބޭނުންވާ ބޮޑު ހިލައިގެ އެންެމެ ފަހު ޝިޕްމެންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާކަމަށެވެ.



މި މަޝްރޫޢުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 4,582 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 59.07 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.



ކިޔުންތެރިންގެ ހިޔާލު