ކުރީގެ ރައީސް އަބުދު ﷲ ޔާމިނަށް ވެރިކަން ހޯދައިދިނުމަކީ ހެދޭނެ އެންމެ ބޮޑު ގޯސް ކަމަށާއި އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް މަގު ފަހި ނުކޮށްދިނުމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަރިހުން އެދިވަޑައިގެންފިއެވެ.
ނިހާދު މިހެން ވިދާޅުވީ މިވަގުތު ގައުމަށާއި ޕާޓީއަށް (ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް) އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ-ޕީޕީއެމް އިއްތިހާދެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ކަމަށް މީޑިއާއަކުން ރިޕޯޓް ކޮށްފައިވާ ޚަބަރަކަށް އިޝާރަތް ކުރަށްވައެވެ.
ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ، އެމްޑީޕީން އުފެއްދި ސަރުކާރެއް ރައީސް ޔާމީނާ ގުޅިގެން ވައްޓާލުމަކީ ލިބިގެންދާނެ ބޮޑު ގެއްލުމެއް ކަމަށެވެ. އެހާ ހިސާބުން އެމްޑީޕީއަށް ދެން ވެރިކަމަށް އައުމުގެ ފުރުސަތު "ރައީސް ޔާމީންމެން،" ނުވަތަ ޕީޕީއެމް-ޕީއެންސީން ނުދޭނެ ކަމަށް ނިހާދު ވިދާޅުވިއެވެ.
"އޭނާ (ރައީސްޔާމީން) އަށް ވެރިކަން ހޯދައިދިނުމަކީ ހެދޭނެ އެންމެ ބޮޑު ގޯސް. ތިޔަހެން ނުހައްދަވާ ރައީސް." ނިހާދު ވިދާޅުވިއެެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވެސް ވަނީ، ޕީޕީއެމަށް ބަދަލުތަކެއް ގެނެވި، އެ ބަދަލުތަކަކީ އިންޑިއާ އައުޓް ފަލްސަފާއާ ދުރު، ނަފްރަތުގެ ބިލަށް ތާއީދުކުރާ މިއުޒިކަށް ވެސް އެއްބަސްވާ ބަދަލުތަކަކަށްވެ، އެ ހަމަތަކުގައި ސަރުކާރު ހިންގުމަށް ޕީޕީއެމާ އެއްބަސްވެވޭ އެމްޑީޕީ-ޕީޕީއެމް އިއްތިހާދެއް އުފެއްދެވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެހީއަށް އެދުމަކީ އެންމެ ރަނގަޅު ގޮތެއް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
އެހެން ނަަމަވެސް އެމްޑީޕީއާއި ނުވަތަ ރައީސް ނަޝީދާއި ކޯލިޝަން ހެދުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ޕީޕިއެމުން އޭރު ވަނީ ބުނެފައެވެ.
ރައީސް ނަޝީދު ދާދިފަހުން ވަނީ ސަރުކާރު ކޯލިޝަނުން އެމްޑީޕީ ވަކިވުމާއި ބެހޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފަ އެވެ.

MDP in ufedhdhi mi sarukaaru Yaameeh aai gulhigen vattaalumakee Alhugandumenah libeyne Enme Bodu gellun! E hisaabun, dhen emburi verikamah annaakah YAG meneh Furusath Eh nudheyne! Eynaa ah verikan hoadhai dhinumakee hadhaane Enme bodu goas! Thiyahen nahadhdhavaa Raees! pic.twitter.com/ElclkMAeC4
— Feydhoo Meehaa (Mohamed Nihad) (@nihad_m) May 11, 2022
"އޭނާ (ރައީސްޔާމީން) އަށް ވެރިކަން ހޯދައިދިނުމަކީ ހެދޭނެ އެންމެ ބޮޑު ގޯސް. ތިޔަހެން ނުހައްދަވާ ރައީސް." ނިހާދު ވިދާޅުވިއެެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވެސް ވަނީ، ޕީޕީއެމަށް ބަދަލުތަކެއް ގެނެވި، އެ ބަދަލުތަކަކީ އިންޑިއާ އައުޓް ފަލްސަފާއާ ދުރު، ނަފްރަތުގެ ބިލަށް ތާއީދުކުރާ މިއުޒިކަށް ވެސް އެއްބަސްވާ ބަދަލުތަކަކަށްވެ، އެ ހަމަތަކުގައި ސަރުކާރު ހިންގުމަށް ޕީޕީއެމާ އެއްބަސްވެވޭ އެމްޑީޕީ-ޕީޕީއެމް އިއްތިހާދެއް އުފެއްދެވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެހީއަށް އެދުމަކީ އެންމެ ރަނގަޅު ގޮތެއް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
އެހެން ނަަމަވެސް އެމްޑީޕީއާއި ނުވަތަ ރައީސް ނަޝީދާއި ކޯލިޝަން ހެދުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ޕީޕިއެމުން އޭރު ވަނީ ބުނެފައެވެ.
ރައީސް ނަޝީދު ދާދިފަހުން ވަނީ ސަރުކާރު ކޯލިޝަނުން އެމްޑީޕީ ވަކިވުމާއި ބެހޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފަ އެވެ.
ކިޔުންތެރިންގެ ހިޔާލު