އެމްޑީޕީގެ ސަރުކާރަށް ގޮންޖަހާ ބޭފުޅަކު ޗެއާޕާސަން ކަމަށް ހުރެގެން ލިބޭނެ މޮޅެއް ނޯއްނާނެ ކަމަށް އައްޑޫ މަރަދޫ ދާއިރާ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވަނީ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެެވެ. އެ އިންތިޚާބުގައި ވާދަކުރަށްވާ އިންތި އާއި އޭނާގެ ޓީމުން މިކެމްޕޭންގައި އާންމު ކުރާ އެއްކަމަކީ ރައީސް ސާލިޙާއި އެމްޑީޕީގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުމެވެ.

މިކަމަށް އިޝާރަތް ކުރަށްވައި އައްޑޫ މަރަދޫ ދާއިރާ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް މެމްބަރުން އިންތިޚާބު ކުރަންވާނީ އިދާރީ ހިންގުމުގެ ތަޖުރިބާ ހުރި މެމްބަރުންނާއި ސަރުކާރާއި ގުޅުވައިދޭނެ ހިންގުންތެރި ބޭފުޅެއް ކަމަށެވެ.

"އެމްޑީޕީގެ ސަރުކާރަށް ގޮންޖަހާ ބޭފުޅަކު ޗެއާޕާސަން ކަމަށް ހުރެގެން ޕާޓީއަށް ލިބޭނެ މޮޅެއް ނޯއްނާނެ." އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ ފައްޔާޒު އިސްމާއިލަށް ތާއިދު ކުރާ ކަން ހާމަކުރައްވާފައިވާ ޝަރީފް ވިދާޅުވިއެވެ.



ޗެއަރޕާސަންގެ އިންތިހާބުގެ ވާދަވެރިކަން އިތުރުވެ މުޅި އެމްޑީޕީ ދެބަޔަކަށް ބެހިފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ތާއީދު ކުރައްވަނީ ފައްޔާޒަށްކަން ވަނީ ހާމަކޮށްފައެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއްވެސް އޮތީ ފައްޔާޒު ފަޅީގައިކަން މަޖިލީހުގެ ޖަލްސާތަކާއި، ގައުމީ މަޖިލީހުގެ އެންމެފަހުން ބޭއްވި ޖަލްސާއިންވެސްވަނީ ސާފުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު