ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި ގުޅައި މަކަރާއި ހީލަތުން މީހުންގެ އަތުން ބޮޑެތި އަދަތުތަކުން ފައިސާ ހޯދާ މައްސަލަތައް ފުލުހުންނަށް ހުށަހެޅެމުންދާތީ، އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ އެޗްޑީސީގެ ނަމުގައި މިގޮތަށް ގުޅައި، އެ މީހަކަށް މިހާރު ޕޮއިންޓު ލިބިފައިވާވަރު ބުނެދޭކަމަށާއި އަދި ފްލެޓް ޔަގީން ކުރުމަށް ޕޮއިންޓު މަދުވާކަމާއި، އެހެންކަމުން އަލުން ރިވިއުކުރުމަށް ލިޔެކިއުންތައް ފޮނުވުމަށް ކަމަށް ބުނެ އީ-މެއިލް އެޑްރެސް ހޯދާކަމަށެވެ.
"އީ-މެއިލް އެޑްރެސް ދިނުމުން އެ އީ-މެއިލް އަށް އެޗްޑީސީގެ ނަމުގައި ލިސްޓު ފޮނުވުމަށްފަހު އެ ލިސްޓުގައި ޕޮއިންޓު ހިމެނުމަށް އީ-މެއިލް އަށް ވަނުމަށް ބޭނުންވާކަމަށް ބުނެއެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.
ފުލުހުން ބުނީ އީ-މެއިލަށް އެކްސެސް ދިނުމަށް، ފޯނަށް ނުވަތަ އެހެން ޑިވައިސްއަކަށް ނަމަވެސް ދާ ނޮޓިފިކޭޝަން އެޕްރޫވް ކުރުމަށްކަމަށް ބުނެ އީ-މެއިލަށް އެކްސެސް ހޯދާކަމަށެވެ. އެއަށްފަހު އެ އީ-މެއިލް މެދުވެރިކޮށް، އިންޓަނެޓު ބެންކިންގ އަށް ވަދެ އެކައުންޓުގައި ހުންނަ ފައިސާ ނަގަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެއެވެ.
އެހެންކަމުން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުންދާ މިފަދަ ކަންކަމުން ސަލާމަތްވެ ރައްކާތެރިވެ ތިބުމަށާއި، ޒާތީ މައުލޫމާތާއި އޯޓީޕީ (ވަން ޓައިމް ޕާސްވޯޑް) ފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާނުކުރުމަށް އިލްތިމާސްކުރާކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު