ސްރީލަންކާއަށް ބޭސްފަރުވާއަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ އުމުރުން ދުވަސްވީ ދިވެހި މީހާ ފެނިއްޖެކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ދެންމެ ބުނީ، އޭނާ ހޯދުމަށް ކުރަމުން ގެންދިޔަ މަސައްކަތުން އޭނާ ފެނިފައިވަނީ ލަންކާގައި ހުންނަ ކޮލަންބޯ ހޮސްޕިޓަލުން ކަމަށެވެ. އަދި ރާއްޖޭގެ ހައިކޮމިޝަނުގެ ކޮންސިއުލަރ މިހާރު ހުންނެވީ އޭނާ ކައިރީގައި އެ ހޮސްޕިޓަލުގައި ކަމަށް މިނިސްޓްރީން ބުންޏެވެ. އޭނާ ފެނުމުން އެކަން އާއިލާއަށް އަންގާފައިވާކަމަށާއި މިހާރު އޭނާއާއި އާއިލާއާއި ދިމާވެފައިވާކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ފަރާތުން މުޙައްމަދު މިއުވާން މިއަދު ވިދާޅުވީ، އޭނާ ހޯދުމަށް ލަންކާގެ ހޮސްޕިޓަލްތައް ބެލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާ ފެނުނީ ކޮލަންބޯ ހޮސްޕިޓަލުގައި ފަރުވާ ހޯދުމަށް ގޮސް އުޅެނިކޮށް ކަމަށެވެ. ނަމަވެސް، އޭނާ ގެއްލިގެން ހޯދި މުއްދަތުގައި އޭނާއަށް އެއްވެސް ޖިސްމާނީ ގެއްލުމެއް ލިބިފައިވާކަން މިހާތަނަށް ފާހަގަކުރެވިފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފިތުރު އީދު ނަމާދަށް ދިޔަފަހުން އެ ދުވަހުގެ ހެނދުނުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން ހޯދީ އިބްރާހީމް ޢަލީ ނަމަކަށް ކިޔާ 62 އަހަރުގެ މީހެކެވެ. އޭނާގެ އާއިލާގެ ފަރާތުން ވާހަކަދެއްކި މީހަކު އޭރު ބައެއް މީޑިއާތަކަށް ބުނެފައިވަނީ އިބްރާހީމް ލަންކާއަށް ދިޔައީ މީގެ ތިން މަހެއްހާ ދުވަސް ކުރިން ކަމަށާއި އިބްރާހީމް އެ ގައުމުގައި ހުއްޓާ ކިޑްނީ މައްސަލައެއް ހުރިކަން އެނގިގެން އޭނާ ގެންދަނީ އެ ބައްޔަށް ބޭސް ފަރުވާ ކުރަމުން ކަމަށެވެ.
އޭނާ ގެއަށްނައިސް ގިނައިރު ވުމުން އާއިލާއިން ވަނީ އޭނާ ހޯދުމަށް މީސްމީޑިއާގައާއި، އޭނާ ދިރިއުޅުނު ސަރަހައްދު ކަމަށްވާ ދެހިވަލާ ސަރަހައްދުގައި ޕޯސްޓަރު ހަރުކޮށްގެން ވެސް އޭނާ ފެނޭތޯ މަސައްކަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު