ކުރާ ތުހުމަތުތައް ރައްޔިތުންގެ މަޖިލީހުގެ އިންކުއަރީ އަކުން ބަލައިދިނުމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒު އިސްމާއިލް މިރޭ ގޮވާލައްވައިފިއެވެ.

ރާއްޖެޓީވީން މިރޭ ގެނެސްދިން އެމްޑީޕީގެ ޗެއާޕާސަން ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އޭނާއަށް ކުރެވޭ ތުހުމަތުތައް މަޖިލީހުގެ އިންކުއަރީ އަކުން ބެލުމަށް ތާއިދު ކުރައްވާ ކަމަށާއި އެ އިންކުއަރީއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ފައްޔާޒަށް ތުހުމަތުކުރާ ކަންތައްތަކަށް މަޖިލީހުގެ އިންކުއަރީގައި މީޑިޔާއާއި ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ވެވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި މަޖިލީހުގެ އިންކުއަރީ އަކުން ބެލުމަށްފަހު އެ ތުހުމަތުތައް ސާބިތުވެއްޖެނަމަ އޭނާއާއި މެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

"މިހާރު ތިބޭފުޅުންގެ މައްޗަށް މަޖުބޫރޭ މިކަން ބަލައި ތަހުގީގުކޮށް، އަޅުގަނޑު ތިބޭފުޅުންނަށް ގޮވާލަން އާންމުކޮށް ހުޅުވާލެވިފައިވާ އިންކުއަރީއެއްގެ ގޮތުގައި މަޖިލިސް ތެރެެއިން މިކަން ކޮށްގެން އަޅުގަނޑަށް މިއަށް ޖަވާބުދާރީވާނެ ފުރުސަތު ދީގެން ނޫސްވެރިންނާއި އާންމު ރައްޔިތުންނަށް އޭގެ ބައިވެރިވެވޭ ގޮތަށް މިކަން ކުރެވޭނެ ގޮތަކަށް މިކަން ކުރުން. މާގިނަ ދުވަސްވެއްޖެ އެ ވާހަކަ އެގޮތަށް ދައްކަވާތާ މިހާރު އެއަށް ފިޔަވަޅު އަޅަންވެއްޖެ." ފައްޔާޒުގެ އާއިލާއަށް ބަދަލުގެ ގޮތުގައި ފައިސާ ދިން ކަމަށް އިންތި ކުރެއްވި ތުހުމަތުތަކާއި ގުޅިގެން ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ، އޭނާއާއި ސަރުކާރަށް ވައްކަމުގެ ތުހުމަތު ކުރާނަމަ އެއީ ކޮންކަމެއްކަން ސާބިތު ކޮށްދެެއްވަން ވާނެ ކަމަށެވެ. ވެންޓިލޭޓަރުގެ ވާހަކަ އާއި ވައްކަމުގެ ވާހަކަ ވެސް ދެކެވެން ވާނެ ކަމަށާއި އެހެން ނަމަވެސް ތިލަފަތުގެ ރަމުޒުން ކިޔަންޖެހޭނީ އަބަދު ވައްކަމުގެ ވާހަކަ ނޫން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އެއީ ކޮންކަމެއް ކަން ސާބިތު ކޮށްދެެއްވަން ވާނެ މަޖިލީހުގެ ކޮމެޓީތައް އެބަހުރި. މަޖިލީހުގެ ކޮމެޓީތަކަށް ހުށައެޅެން ވާނެ ހުށައެޅިގެން ދިވެހި ރައްޔިތުންނަށް ދައްކައިދޭން އެބަޖެހޭ. އަޅުގަނޑުގެ އާއިލާގެ މީހަކަށް ބަދަލެެއް ދީފައި އޮތިއްޔާ އެއީ ކިހިނެތްވެފައި އޮތް ކަމެއްތޯ އެކަން ބަލަން އެބަޖެހޭ. އަޅުގަނޑުގެ ވާދަވެރި ކެންޑިޑޭޓަށް އާދޭހާ އެެކު ދަންނަވަން ކޮމެޓީއެއް ހަދައިގެން އެކަން ބައްލަވާށޭ." ފައްޔާޒު ވިދާޅުވިއެވެ.

ސަރުކާރުގައި ހުންނަވައިގެން ކޮރަޕްޝަން ހިންގަވައި ފައްޔާޒު މަގާމުގެ ނުފޫޒު ފޯރުވާ ކަމަށް އިންތިއާއި އޭނާގެ ކެމްޕޭނު ޓީމުން ތުހުމަތުކުރެއެވެ. ފައްޔާޒު މީގެ ކުރިން ވެސް ވަނީ އޭނާއަށް ކުރެވޭ ތުހުމަތުތައް ބަލަން ކަމާ ބެހޭ މުވައްސަސާތަކަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު