މަރޮށީ ޕޮލިސް ޕޯސްޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ފުލުހުންގެ އިދާރާ
މަރޮށީ ޕޮލިސް ޕޯސްޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ފުލުހުންގެ އިދާރާ
ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ށ. މަރޮށީގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

އެކަމަށްޓަކައި މަރޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓު ހުޅުވައި ދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދުއެވެ. ޕޮލިސް ޕޯސްޓު ހުޅުވައި ދެއްވުމަށްފަހު ޕޮލިސް ޕޯސްޓުގައި ދިވެހިރާއްޖޭގެ ދިދަ ނަންގަވައި ދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އެވެ. ފުލުހުންގެ ދިދަ ނަންގައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްކެވި ވާހަކައިގައި، ފުލުހުންގެ ހިދުމަތް ރައްޔިތުން އެދޭފަދަ ހިދުމަތަކަށް ހެދުމަށާއި ކުށްކުރުމާއި ކުށުގެ ބިރުވެރިކަމުގެ ހާލަތާއި އާންމުކޮށް އަންނަ ކުށުގެ މައްސަލަތަކާއި ހިދުމަތް ދިނުމުގައި ބޭނުންވާ ގާބިލުކަމާއި ވަސީލަތްތައް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ފުލުހުން ކުރަމުން އަންނަކަމުގައި ވިދާޅުވިއެވެ.

އަދި ފުލުހުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކަށް ހެޔޮ ބަދަލު އަންނަމުންދާކަން ޔަގީންވެއްޖެ ކަމަށާއި ހާއްސަކޮށް ރައްޔިތުން ރައްކާތެރިކުރުމުގެ ޖޯޝް ފުލުހުންގެ ކިބައިގައި ހުރިކަމުގައި ވިދާޅުވިއެވެ. އަދި މުޅި ރާއްޖެއަށް ފަށާފައިވާ ރައްޔިތުންނާ ގުޅިގެން ހިންގާ އަވައްޓެރި ފުލުހުންގެ ހިދުމަތް މަރޮށީގައި ކުރިއަށް ގެންދިއުމާއި ކުރިއަށް އޮތް ދުވަސްތަކުގައި ރަށުގައި އަމާންކަމާއި ރައްކާތެރިކަން ގާއިމުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން