ކުރިއަށްއޮތް ހަފްތާ ބަންދު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަ ވަޔާއެކު ވިއްސާރަކުރާނެ ކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނީ އުތުރުގެ ރަށްތަކަށް ހުކުރު ދުވަހު ގަދަވަޔާއެކު ވިއްސާރަކޮށް ހޮނިހިރު ދުވަހުވެސް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި މެދުރާއްޖެތެރޭގެ ރަށްތަކަށް ހުކުރު ދުވަހު ގަދަ ވަޔާއެކު ވިއްސާރަކުރާނެކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.
ހޮނިހިރު ދުވަހުވެސް ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށް އެއޮފީހުން ލަފާކުރެއެވެ. އަދި ދެކުނުގެ ބައެއް އަތޮޅުތަކަށް ހުކުރު ދުވަހު ކެރީގެ އަސަރު ފޯރާނެކަމަށާއި ހޮނިހިރު ދުވަހު ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.
ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު އުތުރުގެ ރަށްތަކާއި މެދުރާއްޖެތެރޭގެ ރަށްތަކުގެ ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ. އެހެން ނަމަވެސް ދެކުނުގެ ރަށްތަކަށް އާދައިގެ ވަރަކަށް ކަނޑު ގަދަވާނެކަމަށް އެ އޮފީހުން ބުނެއެވެ. ރާޅުގެ އުސްމިނަށް ބަލާއިރު އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކުގައި 5 ފޫޓާއި 8 ފޫޓާއި ދެމެދުގެ އުސްމިނުގައި ރާޅު ހުންނައިރު ދެކުނުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 5 ފޫޓުގައި ކަމަށް އެއޮފީހުން ބުނެއެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުންވެސް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އޮފީހުން އިލްތިމާސްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު