މާލޭގެ އެކި ސަރަހައްދުތަކުގައި "އިންޑިއާ އައުޓް" ލިޔެ މަގުމައްޗަށް ކަރުދާސް އަޅާ ބައެއް މީހުން ދެނެގަނެ އެ މައްސަލަތައް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ބުނީ، އިންޑިއާ އައުޓް ގްރެފިޓީ ލިޔެ ކަރުދާސް މަގުތަކަށް އަޅަމުންދާ ހަތަރު މީހަކު ދެނެގަނެވިފައިވާކަމަށާއި އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާކަމަށެވެ. ނަމަވެސް އޭގެތެރެއިން މީހަކު މިހާތަނަށް ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
"އިންޑިއާ އައުޓް" ހަރަކާތަށް ބާރުލިބޭގޮތަށް ކުރާ ކަންކަން ފުލުހުން ބަލާ ފިޔަވަޅު އަޅަން ފަށާފައި މިވަނީ، އެ ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށް ކަނޑައަޅާ އެ ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ސިޔާސީ ގަރާރެއް ނެރުއްވާފައިވަނިކޮށެވެ.
މި ގަރާރު ނެރުނު ފަހުންވެސް މާލޭގެ އެކި ފާރުތަކުގައި ވަނީ އިންޑިއާ އައުޓް ޖަހައި ސްޕްރޭކޮށްފައެވެ. އޭގެތެރޭގައި އޭޑީކޭ ހޮސްޕިޓަލްގެ ފާރުވެސް ހިމެނެއެވެ. އަދި އިންޑިއާ އައުޓް ޖަހާފައިވާ ލިޔުންތައް ވެސް މާލެ އާއި ހުޅުމާލޭގެ ބައެއް މަގުތަކަށް ވަނީ އަޅާފައެވެ. އޭގެތެރޭގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ދިރިއުޅުއްވާ އެޕާޓްމަންޓް ހުންނަ ސަރަހައްދާއި އިންޑިއާ ހައިކޮމިޝަން ކުރިމައްޗާއި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ދިރިއުޅުއްވާ ގެކޮޅު ކުރިމަތި ހިމެނެއެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އިސްވެ ހުންނަވާ ފައްޓަވާފައިވާ މި ހަރަކާތް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުއްޓުމެއް ނެތި އަދިވެސް ކުރިޔަށް ގެންދާކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު