އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ މީހުންގެ އަސްލު ލިސްޓު ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މިރޭ ވިދާޅުވެއްޖެ އެވެ.
"ސަންގުޓީވީ" އިން ކުރިއަށް ގެންދިޔަ އެމްޑީޕީގެ ޗެއާޕާސަން ބަހުސްގައި ވާހަަކަ ދައްކަވަމުން އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، ބޮޑު ޚިޔާނާތުގެ ލިސްޓު އޮޅުވާލާފައިވާ ކަމަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް ރައްޔިތުންގެ މަޖިލީހުން އާންމުކުރީ ބައެއް ނަންތައް އުނިކުރުމަށް ފަހު ކަމަށާއި އޭގެ އަސްލު ލިސްޓު އާންމު ކުރާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުން ނަންތައް އުނިކޮށްފައި ރައްޔިތުންގެ މަޖިލީހުން ނެރެނީ. ހަގީގީ ލިސްޓު އަދި އަޅުގަނޑުމެން ނެރޭނަން،" އެމްއެމްޕީއާރުސީ ހިޔާނާތާއި އެހެން ހިޔާނާތުގެ މައްސަލަތައް ވެސް ބަލަން ނޫޅޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީ އިންތި ކުރެއްވި ތުހުމަތަށް ރައްދު ދެއްވަމުން ފައްޔާޒު ވިދާޅުވިއެެވެ.
މީގެ އިތުރުން ފައްޔާޒު ވިދާޅުވީ، އެމްޑީޕީއަށް ބޭނުންވަނީ އެޑްމިނިސްޓޭޓަރެއް ކަމަށާއި، ވާދަވެރި ކެންޑިޑޭޓް އިންތިއަށް އެ މަސްއޫލިއްޔަތު އަދާ ނުކުރެވޭނެ ކަމަށެވެ. ފައްޔާޒު ވިދާޅުވީ އިންތިއަކީ އިދާރީ ކަންކަމުގެ ތަޖުރިބާ އެއްވެސް ވަރަކަށް ހުރި ބޭފުޅެއް ނޫން ކަމަށެވެ. "އެމްޑީީޕީ ހިންގާލަން" ބޭނުންވަނީ އޭނާ ފަދަ "އެފެކްޓިވް އެޑްމިނިސްޓްރޭޓަރެއް" ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އިންތިއަށް ސަރުކާރާއެކު މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ރައީސް ސާލިޙުގެ ސަރުކާރާއެކު މަސައްކަތް ކޮށްގެން ނޫނީ 2023 ގައި އެމްޑީޕީ އަށް ވެރިކަން ނުލިބޭނެ ކަަމަށް ފައްޔާޒު ވިދާޅުވިއެވެ.
"ބަޔަކު 2023 އަޅުގަނޑުމެންނަށް ލިބެން ބޭނުންނުވި ކަމުގައި ވިޔަސް އެއަކަށް ފުރުސަތެއް ނުދެވޭނެ، ވަގަށް ގޮވިއަސް އެހެން އެއްޗަކަށް ގޮވިއަސް ބްރޯ އަކަށް ގޮވިއަސް 2023 އެމްޑީޕީއަށް ހޯދުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން އަޅުގަނޑުމެންގެ ޖާނާ މާލު އެކަމަށް ކުރިމަތި ކުރާނަން. ދަރިންގެ މުސްތަގުބަލް އޮތީވެސް އެމްޑީޕީއަށް 2023 ލިބިގެން." ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ރައްޔިތުންނާއި ޕާޓީގެ މެމްބަރުން ބޭނުންވަނީ އެދޭ ކަންތައްތައް ހާސިލްވުމަށް ކަމަށެވެ. ސަރުކާރަށް ނުކުރެވޭ ކަންތައްތައް އަވަސް ކުރުމަށް އެމްޑީޕީގެ އެހީތެރިކަން ބޭނުންވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"ރަށްރަށުގައި ޕާޓީގެ މެމްބަރުންގެ ފަރާތުން އެއީ ކޮންކޮން ކަމެއްތޯ އެނގިގެން އެކަންކަން އަވަސް ކުރެވޭނެ ނިޒާމެއް ސަރުކާރު ތެރެއިން ކުރަންޖެހޭ. ސަރުކާރާއި ޕާޓީ އާއި ގުޅުވާލެވެން އެބަޖެހޭ އަޅުގަނޑު މަސައްކަތް ކުރާނީ ސަރުކާރާއި އެއްްކޮށް މި ސަރުކާރު ދިފާއުކޮށް މި ޕާޓީ ވަރުގަދަ ކުރުމަށް ސިޔާސީ ހަގީގަތްތަކަކީ އޮންނަ އެއްޗެއްްކަން އެނގިހުރެ އެކަންކަމަށް އެގައުމެއްގައި އެކަން ކުރަންޖެހޭ ކަންކަން ކޮށްގެން އަޅުގަނޑު މި މަސައްކަތުގައި ދެމި ހުންނާނީ." ފައްޔާޒު ވިދާޅުވިއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓްލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހެނދުނު 9 އަކުން ހަވީރު 4 ކަށެވެ. މި އިންތިޚާބުގައި އެމްޑީޕީގެ ޗެއާޕާސަން އަކު ހޮވުމާއި އަންހެނުންގެ ގޮފީގެ ރައީސް ކަމަށް ބޭފުޅަކު ހޮވުމާއި ޒުވާނުންގެ ހިތްވަރަށް ބޭފުޅުން އިންތިޚާބު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު