ސްރީލަންކާގެ އައު ބޮޑު ވަޒީރު ރަނިލް ވިކްރެމެސިންހައަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތް ރަނިލް ވިކްރެމެސިންހައަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި މެސެޖްގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ވިދާޅުވީ، އައު ބޮޑު ވަޒީރުގެ ލީޑަރޝިޕްގެ ދަށުން ސްރީލަންކާއަށް މިހާރު ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ. އަދި ޤައުމަށް ސުލްޙައާއި ހަމަޖެހުން ގެނެސްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



ރަނިލް ވިކްރެމެސިންހަ ލަންކާގެ ބޮޑުވަޒީރުކަމުގެ ހުވާކުރައްވާފައި ވަނީ އިއްޔެ އެވެ. އެމަނިކުފާނު ވަނީ މީގެ ކުރިން 5 ފަހަރެއް މަތިން ލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމު ފުރުއްވާފައެވެ.

ލަންކާގެ ބޮޑުވަޒީރުކަމުގެ މަޤާމާއި ވިކްރެމެސިންހަ ހަވާލުވެވަޑައިގަތީ ކުރިން އެމަޤާމުގައި ހުންނެވި މަހިންދަ ރާޖަޕަކްސަ މިދިޔަ ހޯމަ ދުވަހު މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު