އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބުކުރަށްވައި ވެރިކަމަށް ވަޑައިގަތުމަށް ތައްޔާރުވެވަޑައިގެންނެވުމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ރައީސް ޔާމިންގެ އަރިހުން އެދިވަޑައިގެންފިއެވެ.
ޕީޕިއެމުން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނާއިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގައި ރައްޔިތުން ބޭނުންވާ ގޮތަށް ހިނގާ އެއްވެސް ކަމެއް ނެތް ކަމަށާއި ރާއްޖޭގައި އޮތީ ރައްޔިތުން ބޭނުންވާ ވެރިކަމެއް ނޫން ކަމަށެވެ. އަދި ގައުމުގެ ސިޔާދަތު ގެއްލިފައިވާ ކަމަަށާއި ވެެރިކަން ކުރަނީ އެހެން ބައެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އާދަމް ޝަރީފް ވިދާޅުވީ ގައުމު ހަމަ މަގަށް އެޅުވޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމިން ކަމަށެވެ.
"ރާއްޖޭގެ އެތައް ބަޔަކަށް އެބަ ގަބޫލުކުރެވޭ އެފަދަ ކަމެއް ކުރެވޭނީ ރައީސް ޔާމިނަށް ކަމަށް. ރައީސް ޔާމީނަށް ދަންނަވަން އޮތީ އަޅުގަނޑުމެން މި އެދޭ ގޮތަށް 2023 އަށް ތައްޔާރުވުމުގެ މަސައްކަތް ފައްޓަވައި ދެއްވާށޭ، ރާއްޖޭގެ ވެރިކަމަށްވަޑައިގަތުމަށް ކަމަރު ބަންނަވައި ދެއްވާށޭ، އަޅުގަނޑުމެންނާއެކު މަސައްކަތް ފައްްޓަވައިދެއްވާށޭ، ދެނެއް މި އަނިޔާވެރިކަން ދެކޭކަށް ބޭނުމެއް ނޫން ދެން ބޭނުމީ ރައީސް ޔާމިންގެ ޒައާމާތެއް." ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު